އަންނަ މަހުގެ 17، 18 ރާއްޖޭގައި ގައި ބާއްވާ ޕާޓްނާޝިޕް ފޯރަމްގެ މައިގަނޑު ބޭނުމަކީ އެހީ އާއި އިންވެސްޓްމަންޓު ހޯދުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ވިދާލުވީ މައިގަނޑު ބޭނުމަކީ އެހީ އާއި އިންވެސްޓްމަންޓު ހޯދުން ކަމަށާއި އަޅުގަނޑުމެންގެ ތަރައްގީގައި ބައިނަލްއަގްވާމީ ފަރާތްތަކަށް ބައިވެރިވެވޭނެ ދޮރުތައް ހުޅުވައިލުންކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ވިސްނުން ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރުން ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާލުވިއެވެ.
މިފޯރަމްގެ ދައުވަތު މިހާތަނަށް 105 ފަރާތަކަށް ފޮނުވާފައިވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް މިނިސްޓަރު ޝާހިދު ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ކުރީގެ ރައީސް ޔާމީން ގެ ވެރިކަމުގެ 5 އަހަރުގައިވެސް ނުހޯދޭ އަދަދެކެވެ.