ބޭނުންވާނެ ތަކެތި:
· 3 ޖޯޑު ފުށް
· 3 މޭޒުމަތީ ސަމުސާ ތެޔޮ (ކައްކާ ތެޔޮ)
· 2 ޖޯޑު ހަކުރު
· 2 ޖޯޑު ބްރައުން ޝުގާރ
· 1 ½ޖޯޑު ކޮކޯ ޕައުޑާރ
· ¼ ޗޮކްލެޓް ޗިޕްސް
· 1 ½ މޭޒުމަތީ ސަމުސާ ބޭކިން ޕައުޑާރ
· 1 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
· ½ މޭޒުމަތީ ސަމުސާ ލޮނު
· 1 ¼ ޖޯޑު ހޫނު ފެން
· ½ ޖޯޑު ކިރު (ފުލްކްރީމް މިލްކް)
ތައްޔާރު ކުރާނެ ގޮތް:
· އެންމެ ފުރަތަމަ އަވަން 350 ޑިގްރީސް އަށް (ސެލްސިއަސް އިން ނަމަ 175 ޑިގްރީސް އަށް) ހޫނު ކުރަން ޖައްސާށެވެ.
· އަވަން ހޫނު ވަމުންދާ ވަގުތު، ތައްޓެއްގައި ފުށް، ހަކުރު، ކޮކޯއާ، ބޭކިންގ ޕައުޑަރ އަދި ލޮނު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
· އެއަށްފަހު އޭގެ ތެރެއަށް ކިރާއި ތެޔޮފޮދު ވެސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
· ދެން ބްރައުން ޝުގާރ ކޮޅަކާއި އިތުރަށް ކޮކޯއާ ކޮޅެއް އޭގެތެރެއަށް އެޅުމަށްފަހު ޗޮކްލެޓް ޗިޕްސް ކޮޅުވެސް، ތައްޔާރުކުރި ފުށްގަނޑު ތެރެއަށް އަޅާލާށެވެ.
· އަދި އެއަށްފަހު ހޫނުފެނުގެ ތެރެއަސް ވެނީލާ އެކްސްޓްރެކްޓް އެޅުމަށްފަހު، އެހޫނު ފެންފޮދު ފުށްގަނޑު ތެރެއަށް އަޅާލާށެވެ.
· އެއަށްފަހު ޓްރޭއަކަށް ފުށްގަނޑު އެޅުމަށްފަހު 35-30 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ. ޗޮކްލެޓް ޕުޑިން ކޭކު ތައްޔާރު ކުރެވުނީއެވެ. ބޭނުންނަމަ ކޭކުގެ މައްޗަށް ދިޔާ ޗޮކްލެޓް ނުވަތަ އައިސްކްރީމް އަޅައިގެން ވެސް ކެވިދާނެއެވެ.