ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަރާވީޙް ނަމާދަށް ވަޑައިގަތްތަން ފެނުމުން ގިނަ ބައަކަށް ލިބުނީ ޙައިރާން ކަމެކެވެ.
ރައީސް ޞާލިޙް މިރޭ ތަރާވީޙް ނަމާދަށް ވަޑައިގަތީ ހުކުރު މިސްކިތަށެވެ. ވަރަށް އާދައިގެ ގޮތަކަށް ހުންނެވުމުން ގިނަ ބައަކަށް އެއީ އެމަނިކުފާނުކަން ފާހަގަވެސް ނުކުރެވުނެވެ. މަންޒަރު ފެނުމުން ގިނަ ބައަކު ބުނީ ރާއްޖޭގެ އެންމެ އިސްވެރިއަކު ތަރާވީޟް ނަމާދު ކުރައްވާތަން އެމީހުންނަށް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ފެނުނު ވަރަށް ހެޔޮ ބަދަލެއް ކަމަށެވެ.
އިސްލާމީ މަރުކަޒު ހުޅުވި ކޮޅުމަތީގައި ރައީސް މައުމޫނުވެސް ތަރާވީޙް ނަމާދަށް ވަޑައިގެން އުޅުއްވެވިއެވެ. ނަމަވެސް ދާދި އަވަހަށް އެކަން ވަނީ ހުއްޓިފައެވެ. އެހެންކަމުން ރާއްޖޭގެ އެންމެ އިސް ވެރިއަކު ތަރާވީހް ނަމާދު ކުރައްވާތަން މިއަދުގެ ޒުވާން ޖީލަށް ފެނިފައެއް ނުވާނެއެވެ.