އާދީއްތަ ދުވަހު ލަންކާގައި ހައްޔަރުކުރި 3 މީހުންނާއެކު ބަންދުގައި ތިބި ދިވެހިންގެ އަދަދު 8 އަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އާދީއްތަ ދުވަހު ލަންކާގައި ހައްޔަރުކުރި 3 މީހުންނާއެކު ބަންދުގައި ތިބި ދިވެހިންގެ އަދަދު 8 އަށް!

ބޮންގޮށްވުމުގެ ހަމަލާތަކާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ސްރީލަންކާގައި އާދީއްތަ ދުވަހު ހައްޔަރުކުރި 3 ދިވެހިންނާއެކު ބަންދުގައި ތިބި ދިވެހިންގެ އަދަދު 8 އަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެއެވެ.  

ފޮރިން މިނިސްރީން ބުނެފައިވަނީ ހައްޔަރުކޮށްފައި ތިބި އެންމެންގެ ހާލު ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބަލަމުން އަންނަ ކަމަށާއި ހައްޔަރު ކުރާ މީހުން ކޯޓަށް ގެންދާއިރު އެމްބަސީގެ އޮފިޝަލުން އެ މީހުންނާ އެކު ކޯޓަށްދާކަމަށެވެ.

މީގެކުރިން ހައްޔަރުކުރި ދިވެހި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ދޫކޮށްލައިފައެވެ.

ކިޔެވުމާއި ސިއްހީ ފަރުވާ ފަދަ ބޭނުންތަކުގައި ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިންގެ އަދަދު 13،000 އަށް އަރައެވެ.

ޖާނުންފިދާވެގެން ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފައެވެ.

މިއަދު އޮންލައިން