ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނުން "ހަރުކަށި ފިކުރުގެ މީހުން ކަމަށް ތުހުމަތުކުރެވޭ ސިފައިގަ" ތިބުން ބުއްދިވެރިއެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނުން "ހަރުކަށި ފިކުރުގެ މީހުން ކަމަށް ތުހުމަތުކުރެވޭ ސިފައިގަ" ތިބުން ބުއްދިވެރިއެއް ނޫން!

ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނުން "ހަރުކަށި ފިކުރުގެ މީހުން ކަމަށް ތުހުމަތުކުރެވޭ ސިފައިގަ" ތިބުން ބުއްދިވެރި ނޫން ކަމަށް ލަންކާގެ މުސްލިމް ޖަމާއަތުގެ އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެފަދަ ސިފައިގައި ތިބޭނަމަ ފުލުހުން ހިފަހައްޓައި ސުވާލުކުރާނެ ކަމަށެވެ. އަދި ކިރިޔާ ޝައްކެއް ކުރެވުނު ނަމަވެސް ހައްޔަރުކުރުންވެސް ކައިރި ކަމަށެވެ. 

"މިވަގުތު ހާލު ހުރި ގޮތް މިއީ. ކޮންމެ ގޮތެއްވީނަމަވެސް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން އެބަޖެހޭ. އަދި އަންހެނުންވެސް މިވަގުތު މޫނު ބުރުގާ އަޅައިގެން ނުކުމެ އުޅުން ރައްކައުތެރިއެއް ނޫން. ސަލާމަތީ ސަބަބުތަކަށްޓަކައި އެކަން މިވަނީ މިވަގުތައް މަނާވެފަ. އެހެންވެ އަހަރެމެން މިއެދެނީ ހުރިހާ އަންހެނުން ވެސް މިވަގުތު ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމަށް." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން