ލަންކާއަށް ހަމަލާތައް ދިން މީހުން، ހަމަލާތައް ދިނުމުގެ ކުރިން ބައިޢަތުހިފާ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 1ސ
ލަންކާއަށް ހަމަލާތައް ދިން މީހުން، ހަމަލާތައް ދިނުމުގެ ކުރިން ބައިޢަތުހިފާ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފި!

މިމަހުގެ 21 ވަނަ ދުވަހު ޝްރީ ލަންކާގެ އެކި ކަންކޮޅުތަކަށް ބޮމުގެ ހަމަލާތަކެއް ދިން މީހުން، ހަމަލާތައް ދިނުމުގެ ކުރިން ބައިޢަތުހިފާ ވީޑިއޯއެއް އައިއެސް ޖަމާޢަތުން އާންމުކޮށްފިއެވެ.

ޝްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ ނަގަމުން އައިއެސް ގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ އަމާޤްގައި އެޖަމާޢަތުން ވަނީ، ލަންކާއަށް ހަމަލާދިން މީހުންގެ ފޮޓޯއަކާއި ކުރު ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

އަށް މީހުން ހިމެނޭ 44 ސިކުންތުގެ އެވީޑިއޯގައި، އެމީހުންގެ ޖަމާޢަތުގެ ލީޑަރު އަބުބަކްރް އަލް ބަޤްދާދީ އަށް ބައިޢަތު ހިފާ މަންޒަރުވެސް ދައްކުވައިދެއެވެ. އެބައިޢަތު ހިފުމުގައި އިސްކޮށް ހުރީ ޒަހްރާން ހާޝިމް އެވެ.

އަވަށްޓެރި ޝްރީ ލަންކާއަށް އައިއެސް ދިން ހަމަލާ، އެހެން ދީންތަކުގެ މީހުންނާއި މުސްލިމުން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހު ދިން އެހަމަލައިގައި މިހާތަނަށް 359 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވާއިރު 500 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓު ކުރެވިފައިވެއެވެ.

 

މިއަދު އޮންލައިން