”ކަމާކެމި“ އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފެއަރ ހުޅުއްވައިދެއްވައިފައި ވަނީ މިއަދު ހަވީރު ކ. މާފުށީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިފެއަރ އަކީ މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ގެންދާ ގައިދީންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފެއަރ އެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު މާލެއަތޮޅު މާފުއްޓަށް ވަޑައިގެން މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު، އެމަޢުރަޒް ބައްލަވާލެއްވިއެވެ