ފަނޑިޔާރުން ކުރާ ޙުކުމް އިންޞާފުވެރިކަމަށް ރައްޔިތުން ބަލައިގަންނާނީ އަދުލުވެރިކަމާއެކު ޙުކުމް ކުރާތަން ފެންނަން ފެށުމުން: އަޙްމަދު މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފަނޑިޔާރުން ކުރާ ޙުކުމް އިންޞާފުވެރިކަމަށް ރައްޔިތުން ބަލައިގަންނާނީ އަދުލުވެރިކަމާއެކު ޙުކުމް ކުރާތަން ފެންނަން ފެށުމުން: އަޙްމަދު މުޢިއްޒު

ފަނޑިޔާރުން ކުރާ ޙުކުމް އިންޞާފުވެރިކަމަށް ރައްޔިތުން ބަލައިގަންނާނީ އަދުލުވެރިކަމާއެކު ޙުކުމް ކުރާތަން ފެންނަން ފެށުމުން ކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިޔުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އަޙްމަދު މުޢިއްޒު މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލަށް ހޯދި 84 ޤާނޫނީ ވަކީލުންނާއި ލިޔުން ހަވާލު ކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އަޙްމަދު މުޢިއްޒު ވިދާޅުވީ: "އިންޞާފު ނުލިބޭނަމަ ހައްޤުތައް ނިލިބިގެން ކޯޓުތަކުގައި ޓަކިޖަހާކަށް ރައްޔިތުން ނުދާނެއެވެ. ރައްޔިތުން ކޯޓުތަކުގައި ޓަކި ޖަހާނީ އިންޞާފު ލިބޭނަމައެވެ. ވީމާ ފަނޑިޔާރުންނަކީ އިންޞާފުވެރިކަމާއިއެކު ޝަރީޢަތްކޮށް މައްސަލަތައް ނިންމާ ބައަކަށް އެބަ ވާންޖެހެއެވެ. ޙަޤީޤަތުގައި ރައްޔިތުން އެކަން ބަލައިގަންނާނީ ރައްޔިތުންނަށް އެކަން ޤަބޫލުކުރެވޭނެ ގޮތަށް ފަނޑިޔާރުންގެ އަމަލުފުޅުތައް ބަހައްޓައިގެން" ކަމަށެވެ.   

ޤާނޫނީ ވަކީލުންގެ ޓީމާއި އަލަށް ގުޅިވަޑައިގަންނަވާ ވަކީލުންނަށް އަހްމަދު މުޢިއްޒު ވިދާޅުވީ ފޮތުން ކިޔެވިނަމަވެސް ޤާނޫނީ ވަކީލުކަން ކުރެވޭނީ އިތުރަށް ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ކަމަށާއި އެކަމަށް އިހްމާލުވެގެން ނުވާނެ ކަމަށެވެ. "ފޮތުން ކިޔަވައި ޑިގްރީއެއް ޙާޞިލުކުރި ނަމަވެސް އެވަރަކުން އަދި ނުފުދޭނެ. އަމަލީ މައިދާނަށް ނުކުންނަން ލައްކަ ގިނަ އެއްޗެތި ދަސްކުރަން އެބަ ޖެހޭ."  

އަޙްމަދު މުޢިއްޒު ވަނީ ޤާނޫނީ ވަކީލުންނަކީވެސް ވަލު ދޮރުން ވަދެ މަސައްކަތް ކުރާ ބައަކަށް ނުވުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ. އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ޤާނޫނާއި ޚިލާފަށް ކަންކަން ކުރާނަމަ ވަކީލުންނަކީ އެކަމުގައި، ޤާނޫނީ އިމުގެ ތެރެއިން ބަސް ބުނާ ބައަކަށް ވުމަށް ވެސް ވަކީލުންނަށް އިލްތިމާސް ކުރައްވައިފައެވެ. 

އަޙްމަދު މުޢިއްޒު ވިދާޅުވީ ކުއްލިއަކަށް ސްޕްރީމް ކޯޓުން 2 ފަނޑިޔާރުން މަދުކޮށްލި މައްސަލަ އާއި ހައިކޯޓޫގެ ގޮފިތަކެއް އުފައްދައި ފަނޑިޔާރުންތަކެއް ކޮޅުކޮޅަށް ފޮނުވައިލި މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި 2 ކަންތައް ކަމަށެވެ. ޢަބްދުﷲ ޤާޞީ ހައްޔަރުކުރުމުން ވަކީލުންތައް ސްޕޮްރީމް ކޯޓަށް ދިއަ ފަދައިން ޤާނޫނާއި ޚިލާފަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ވަކީލުންނަކީ ޙައްޤު ބަސް ބުނާ ބައަކަށް ވާން ޖެހޭނެ ކަމަށެވެ. 

އަޙްމަދު މުޢިއްޒުގެ ވާހަކަފުޅު:

 

މިއަދު އޮންލައިން