މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ހަދީޘްފުޅު ކުރެއްވިއެވެ. ޠަހާރަތުގެ މަތީގައި (އެބަހީ؛ ވުޟޫކޮށްގެން) ނިދައިފި މީހަކުނަމަ، އޭނަގެ އަރިހުގައި މަލާއިކަތް ބެއިކަލަކު ވާނެއެވެ. ދެން ފަހެ، އޭނާ ހޭލެވުމާއެކު، އެމަލާއިކަތާ މާތް ﷲ އަށް ދުޢާ ދަންނަވާނެތެވެ. "ޔާ ﷲ! އިބަ އިލާހުގެ އަޅާ ނިދާފައިވަނީ ޠަހާރަތުގެ މަތީގައެވެ. އޭނާގެ ފާފަތައް ފުއްސަވައިދެއްވާންދޭނއެވެ."
ޙަދީޘް މާނަކޮށްދެއްވީ ޝައިޚް ޝަފީޢް ޢަބަދުﷲ
އާންމު ގޮތެއްގައި އަޅުގަނޑުމެންނަކީ ނިދުމުގެ ކުރިން ފާޚާނާއަށް ވަދެ ސާފުތާހިރުވާ ބައެކެވެ. ނަމަވެސް ވުޟޫ ކުރަނީ މަދު މީހެކެވެ. އެކަމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ފައިދާ ނުއެނގޭތީ ކަމަށްވެދާނެއެވެ.
ފުރަތަކަމަކީ ވުޟޫކޮށްގެން މީހަކު ނިދާނަމަ އެމީހަކު ނިދީން ހޭލަންދެން އޭނާ ގާތު ﷲ ތަޢަލާ މަލާއިކަތް ބޭކަލަކު ލައްވަވައިދެއްވަވާ ކަމެވެ. ދެވަނަ ކަމަކީ އެމީހަކަށް ނިދީން ހޭލެވުމާއިއެކު އެމީހެއްގެ ފާފަ ފުއްސަވައިދެއްވެވުން އެދިވަޑައިގެން މަލާއިކަތާ ދުޢާ ކުރައްވާ ކަމެވެ.
މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ! ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މަލާއިކަތްބޭކަލުންނަކީ އަބަދުވެސް ﷲ ތަޢާލާއަށް ތަސްބީޙަ ވިދާޅުވުންމަތީގައި ދެމި ތިއްބަވާ ބޭކަލުން ކަމަށްވުމުން މީހެއްގެ ފާފަ ފުއްސަވައިދެއްވެވުން އެދި މަލާއިކަތް ބޭކަލަކު ދުޢާކޮށްދެއްވެވުމަކީ އެމީހަކަށް ލިބިގެންދާ ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ ކުރާ ކުޑަ ޢަމަލަކުން ނުހަނު ބޮޑު މަންފާ ލިބެންހުރި ކަންކަމެވެ.