ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމުގެ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް، ޕާސްޓްޕޯޓްގައި ވިސާ ޖެހުން އިމިގްރޭޝަނަށް

ކިޔުމަށް ހޭދަވާނީ 57ސ
ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމުގެ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް، ޕާސްޓްޕޯޓްގައި ވިސާ ޖެހުން އިމިގްރޭޝަނަށް

ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރި ނަމަވެސް، ބިދޭސީންގެ ޕާސްޕޯޓްގައި ވިސާ ޖަހައި ވޯކްޕާމިޓް ދޫކުރާނީ އިމިގްރޭޝަނުން ކަމަށް ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

 

ބިދޭސީންގެ ހުރިހާ ކަމެއް އިމިގްރޭޝަނުން ބަލަހައްޓަމުން އައިނަމަވެސް، އަންނަ މާޗް މަހުން ފެށިގެން ބިދޭސީންނާ ގުޅޭ ގިނަ ޚިދުމަތްތައް ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.

 

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހަނަފީ ވިދާޅުވީ ބިދޭސީންނާ ގުޅޭ އައު އުސޫލާ އެކު އިމިގްރޭޝަނުން ބަލަހައްޓަމުން ގެންދާނީ ވިސާ ޖެހުމާއި ވޯކްޕާމިޓްގެ ކަންކަން ކަމަށާއި ކޯޓާ ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަމުގައެވެ.

 

ބިދޭސީންނާއި ގުޅޭ ކަންކަން ދެ މުއައްސަސާއަކުން ކުރަމުން ގެންދިޔުމުން، ދެ ފުށްފެންނަ ގޮތަކަށް އެކަންކަން ކުރެވޭނެ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.

މިއަދު އޮންލައިން