ކޮރަޕްޝަން ނައްތައިލުމަށް "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެންޕޭން ރައީޞް ޞާލިޙް ފަށްޓަވައި ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކޮރަޕްޝަން ނައްތައިލުމަށް "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެންޕޭން ރައީޞް ޞާލިޙް ފަށްޓަވައި ދެއްވައިފި

ރާއްޖެއިން ކޮރަޕްޝަން ނައްތައިލުމަށް "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެންޕޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައި ކޮރަޕްޝަނާ ބެހޭ މައްސަލަތައް ހުށަހެޅުމަށް ޚާއްޞަ ޕޯޓަލެއް ވެސް އިފްތިތާޙްކޮށްދެއްވައިފިއެވެ.

"ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށި މި ކެންޕޭނާއި ބެހޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދު އިފްތިތާޙް ކުރެވުނު ޕޯޓެލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް މައްސަލތައް ހުށަހެޅޭނެ ކަމަށާއި ހުށަހެޅީ ކާކުކަން ބަޔާން ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކޮންމެ އިދާރާއެއްގައި ނަމަވެސް ކޮރަޕްޝަނުގެ އަމަލެއް ހިނގާ ކަމަށް ޤަބޫލުކުރެވޭނަމަ އަވަހަށް އެކަން ޕޯޓަލް މެދުވެރިކޮށް އަނގައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވެސް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައަށް އެއްވެސް ފުރުޞަތެއް ނުދެއްވަވާނެ ކަމަށާއި އެކަންކަން ހުއްޓުވުމަށް އަޅުއްވަނަ ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

"ރާއްޖޭގެ ކަންތައް މިހާރު އޮތް ހާލަތަށް ބަލާއިރު، ކޮރަޕްޝަނާމެދު "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތެއް ގެންގުޅެގެން މެނުވީ، ނަތީޖާއެއް ނުނެރެވޭނެ.

 

މި ސަރުކާރުން މިހާރުވެސް ވާނީ ނަޒާހާތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައި. އެގޮތުން އަޅުގަނޑާއި އަޅުގަނޑުގެ ނައިބު އަދި ވަޒީރުންނާއި ރައީސް އޮފީހުގެ ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންގެ މާލީ ބަޔާންތައް މިހާރު ވާނީ ހާމަ ކޮށްފައި.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއްނޫން. މިއީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ތަހައްމަލްނުކުރާނެ ކަމުގެ ޔަގީންކަން ހާމަކޮށްދޭ ސިޔާސަތެއް." ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

--އިތުރު ތަފްޞީލް އަންނަނީ

މިއަދު އޮންލައިން