ޢާއިޝަތު ރަފާޙް ޢަލީ
މާގިނައިން ވާހަކަދެއްކުމަކީ ހިތް މަރާލާ ކަމެކެވެ. އެ ކަމުގެ ސަބަބުން ހިތް ވަރަށް ބޮޑަށް ބަލިކަށިވެގެންދެއެވެ. އަދި ވަސްވާސްތަކާއި ފިތުނަތަކާ ދެކޮޅަށް ހަނގުރާމަކުރުން އެއްފަރާތުގައި އޮއްވައި، އެ ކަންތައް ދެނެގަތުމުގެ ކުޅަދާނަކަންވެސް ހިތުން ގެއްލިގެންދެއެވެ.
މާގިނައިން ވާހަކަދެއްކުން މާނަކުރާނީ ކިހިނެއް ހެއްޔެވެ؟ ވީމާ، މިކަން ހަނދާން ބަހައްޓާށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ތައުފީޤު ދެއްވާށިއެވެ. ހިތަށް ޖެހޭ މައިގަނޑު ހަތަރު ވިހައެއް ވެއެވެ. ހިތުގެ މައިގަނޑު ހަތަރު ވިހައެވެ. ތަޒްކިޔާގެ (ނަފްސު ޠާހިރުކުރުމުގެ) ޢިލްމުވެރިން އެއަށް ކިޔުއްވަނީ "ފުޟޫލް" އެވެ. އޭގެ މާނައަކީ މިންވަރަށްވުރެ އިތުރުވުން ނުވަތަ ހައްދުފަހަނައަޅައި ދިއުމެވެ. އޭގެތެރެއިން އެއްވަނަ ކަމަކީ މާގިނައިން ވާހަކަދެއްކުމެވެ.
އަހަރެންނަށް މި ވާހަކަ ވަރަށް ކަމުދެއެވެ. އަހަރެންނަށް ހީވާގޮތުން މިއީ ސައްޔިދުނާ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ؛ "ތިބާ ވާހަކަދައްކަން ބޭނުންވާ ކޮންމެ ފަހަރަކު ވާހަކަނުދައްކާށެވެ. އަދި ވާހަކަދައްކަން ބޭނުންނުވާ ކޮންމެ ފަހަރަކު ވާހަކަދައްކާށެވެ. އޭރުން ތިބާއަށް ހުރެވޭނީ އެންމެ ރަނގަޅު މެދުމިނުގައެވެ."
ތިބާގެ ހިތަށް، "އަހަރެން ގޮސް އޭނާ ގާތު މި ވާހަކަ ބުނަން އެބަޖެހެއެވެ" މިހެން އަރާ ވަގުތު އެނގޭ ހެއްޔެވެ؟ އެ ވާހަކަ ނުބުނާށެވެ. ސަބަބަކީ އޭރުން ތިބާ ހުއްޓުމެއްނެތި ވާހަކަދައްކަން ފަށާނެތީއެވެ. އެއީ ޣީބަ ބުނުމަކަށް ނުވިޔަސް، ބޭކާރު ވާހަކަތަކަށް (ފުޟޫލަށް) ވެގެންދާނެތީއެވެ. ބައެއް ފަހަރު އެއީ ޙަލާލު ވާހަކަތަކަކަށް ވެސް ވެދާނެއެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނުސްގެ ދަރުސަކުން
- މިއަދުނޫސް