ހުރިހާ ކަމެއް ފުރިހަމަ މީހަކު ނުފެނިގެން ކައިވެނި ނުކުރަން ހުރި ތަނަވަސް އަންހެނެއްގެ މިޞްރާބު ބަދަލުކޮށްލަންޖެހުނު ސަބަބު- އެންމެންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުރިހާ ކަމެއް ފުރިހަމަ މީހަކު ނުފެނިގެން ކައިވެނި ނުކުރަން ހުރި ތަނަވަސް އަންހެނެއްގެ މިޞްރާބު ބަދަލުކޮށްލަންޖެހުނު ސަބަބު- އެންމެންނަށް އަގުހުރި ފިލާވަޅެއް!

އެއީ ތަނަވަސްކަންހުރި އަންހެނެކެވެ. ޢުމުރުން 35 އަހަރުވީއިރުވެސް ކައިވެނިނުކުރާކަނުގައި ލޯބިވެރިއަކުވެސް ނުގެންގުޅެއެވެ. ބޮޑުދައިތައަށް މިކަން ބޮޑުވެގެން އެކިފަހަރުމަތިން ކުރެވުނު ސުވާލުތަކުން އެނގުނީ މައްސަލައަކީ ހުރިހާ ކަންކަން ފުރިހަމަ ފުރިހަމަ ފިރިހެނަކާއި ބައްދަލުނުވަނީ ކަމެވެ.  

ބޮޑުދައިތަ ބުންޏެވެ. "ދަރިފުޅާއެވެ. ދަރިފުޅު ތިއަ އިންތިޒާރުކުރަނީ ހުރިހާ ކަންކަން ފުރިހަމަ މީހަކަށެވެ. އެފަދަ މީހަކު މިދުނިޔެއަކު ނެތެވެ. ކުރިން އުފަންވެފައެއްވެސް ނުވެއެވެ. އަދި އުފަންވުމަކީ ވާނެކަމެއްވެސް ނޫނެވެ.  

ދަރިފުޅާއެވެ! ދަރިފުޅުގެ ކިބައިގައި އުނި ކިތައް ސިފަ އެބަހުރިހެއްޔެވެ؟ ދުނިޔޭގައި ނެތް މީހަކު ހޯދަން ޒުވާން ޢުމުރު ބޭކާރުކޮށްލިކަން އެއީ ބޮޑު އުނިކަމަކަށް ނުވަނީހެއްޔެވެ؟  

ދަރިފުޅާއެވެ! ބަލަންވީ ވަރަށް ަމދު ކަމަކަށެވެ. އެއީ ދީންވެރިކަންހުރިތޯއާއި ރިވެތި އަޚްލާޤެއް ލިބިގެންވޭތޯއެވެ. އެއިރުން އެމީހަކު ތެދިވެރިވާނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. ދެން ހުންނަ ސިފަތަކުން ދަރިފުޅު ނުއެދޭ ސިފަތައް ފާހަގަކޮށް އިޞްލާޙްކުރަން ބުނީމާ އިޞްލާޙްކުރާނެއެވެ."  

އެހައި ތަނަށް ދުވަހަކުވެސް މީހެއްގެ ބަސް ޤަބޫލުކޮށް އަމިއްލަ ނިންމުން ދީލައިލާފައި ނުލިނަމަވެސް އެދުވަހު އޭނާ ދީލައިލިއެވެ. ބޮޑުދައިތަގެ ނަޞީޙަތް ޤަބޫލުކުރިއެވެ. ބޮޑުދައިތަ ބުނިފަދަ މީހަކާއި ބައްދަލުވުމުން ކައިވެނިކުރިއެވެ. އެކައިވެންޏަށް މިހާރު 30 އަހަރުވެސް ވެއްޖެއެވެ. ކާމިޔާބު 30 އަހަރެވެ.  

އަހުރެންގެ ނަޞީހަތަކީ ތަނަވަސްކަންހުރި ނަމަވެސް އަދި ފަޤީރު ނަމަވެސް ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ފިރިހެނުންވެސް އަދި އަންހެނުންވެސް އެބޮޑުދައިތަގެ ނަޞީޙަތް ޤަބޫލުކުރުމެވެ. އެއީ އެންމެ އަގުހުރި ނަޞީޙަތެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން