ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ އުޅެމުންވެސް ޙައްޤު ނޫން ކިތަންމެ ކުޑަ އެއްޗެއްވެސް ބޭނުންނުކުރި އަންހެނަކަށް މަހަކު 4 ލައްކަ ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ އުޅެމުންވެސް ޙައްޤު ނޫން ކިތަންމެ ކުޑަ އެއްޗެއްވެސް ބޭނުންނުކުރި އަންހެނަކަށް މަހަކު 4 ލައްކަ ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީވެސް ވަރަށް ނިކަމެތި ޙާލުގައި ގޭގޭގައި ނޯކިރީކޮށްދީގެން ދިރިއުޅެމުން އައި އަންހެނަކީމެވެ. ވެރިން ނުދޭ އެންމެ ބައިރުފިޔާއެއްގެ ބޭނުންވެސް ކޮށްފައެއް ނުވާނެއެވެ. ޙަލާލް ނޫން ގޮތުގައި އެންމެ ކުޑަމިނުން ކާއެއްޗެއްވެސް ނުކަމެވެ. ގޭގެވެރިން މީރު އެއްޗެތިކާއިރު ވަރަށް ދަހިވެސްވެއެވެ. ބައެއް ފަހަރު ޗޮކްލެޓްގެ ކަރުދާސް އެއްލައިލީމާ ނަގައި އެއިގައިވެސް ދޫއުނގުޅާ ލެވެއެވެ.  

އެއީ އެދުވަހެވެ. މިއަދު އެތިބީ 4 ދަރިން ބޮޑެތިވެ ބޮޑުމުސާރަލިބޭ ރަނގަޅު ވަޒީފާތަކުގައެވެ. ފިރިމީހާގެ މުސާރައާއި 4 ދަރިންގެ މުސާރައާއި ގޭގެ ކުއްޔަށް ލިބޭ ފައިސާ އާއިއެކު މަހަކު 400،000 ރުފިޔާ އަތްމައްޗަށް އަރައެވެ. އެއިން ކޮންމެ ޚަރަދެއްކުރިނަމަވެސް އެއްވެސް ދަރިއަކުވެސް ފިރިމީހާވެސް އެއްވެސް އެއްޗެއް ނުބުނާނެއެވެ. އަދި އެއިގެ އިތުރުން ދަރިން އެހުންނަނީ ޗޮކްލެޓާއި އެނޫންވެސް އަޅުގަނޑަށް މީރުހައި ތަކެތި އަޅައި ފްރިޖްތައް ފުރައިފައެވެ.  

ކަންކަން މެދުވެރިވެފައި އޮތީވެސް ޗޮކްލެތް ކެވޭ ގޮތަށެވެ. އެއީ ހަކުރުބަލީގެ އެއްވެސް އަސަރެއް ނެތުމުންނެވެ. މާޝާ ﷲ މިއީ އެދުވަހު އެގޮތަށް ކެތްތެރިވި ކަމުގެ ނަތީޖާއެވެ.  

އަޅުގަނޑު ބޭނުންވަނީ އެންމެންނަށްވެސް ހަމަ މިނަޞޭޙަތްދޭށެވެ. ކިތަންމެ ދަތިޙާލުގައި އުޅެން ޖެހުނު ނަމަވެސް ވައްކަން ނުކުރާށެވެ! ތެދުވެރިވާށެވެ! އެކަމަށް ޙައްޤު ޖަޒާ މިދުނިޔޭގައިވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

އަދި ބުނަންހެއްޔެވެ؟ އެންމެ ބައިރުފިޔާއަކުންވެސް ކާއެތިކޮޅަކުން ނަމަވެސް ވައްކަންކުރުމުގެ ނުބައި އާދަ ހަރުލައިފިނަމަ ހަށިވިއްކަން ނުނިކުމެވޭ އަންހެނަކު ވަރަށް މަދުވާނެއެވެ. އެއީ މިހުރިހާ ކަންކަން ވެސް ގޮސް ގުޅި ލާމެހެނީ ހަމައެންމެ ކަމަކާއެވެ. ހިތް ނުފުރުމާއިއެވެ. ވައްކަންކުރަނީވެސް ހަށިވިއްކަން ނުކުންނަނީވެސް ހަމަ ހިތް ނުފުރޭތީއެވެ. ދެއްވަވާ މިންވަރަށް ޝުކުރުވެރިނުވެވޭތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން