އަނބިމީހާގެ ހެޔޮކަން އޭނާގެ ބަލިފައިކަމަށް ބަލައި ގިނަ އަނބިން ހޯދަން އުޅުނު މީހަކަށް އެންމެ ނިކަމެތި ޙާލު ޖެހުނު ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަނބިމީހާގެ ހެޔޮކަން އޭނާގެ ބަލިފައިކަމަށް ބަލައި ގިނަ އަނބިން ހޯދަން އުޅުނު މީހަކަށް އެންމެ ނިކަމެތި ޙާލު ޖެހުނު ޖެހުނު ގޮތުގެ ވާހަކަ-

އޭނާގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. ފިރިމީހާގެ ވަޒީފާ ގެއްލުމުންވެސް ޝަކުވާ ނުކޮށް ގޭގެ ޚަރަދުތައް ބަލަހައްޓަނީ އަނބިމީހާ ކުރާ މަސައްކަތުންނެވެ. އެއިގެ އިތުރުން ފިރިމީހާ ބޭނުންވުމުންވެސް ފައިސާ ދެއެވެ.  

އަނބިމީހާގެ ރަނގަޅުކަން ފިރިމީހާ ނެގީ އަނބިމީހާގެ ބަލިފައެއްގެ ގޮތުގައެވެ. އެހެންވެ އަމިއްލަ މަސައްކަތުން އެއްވެސް އާމްދަނީއެއް ނުލިބޭއިރުވެސް އިތުރު އަންހެނަކާ ކައިވެނިކޮށް ގެއަށް ގެނައެވެ. އަނބިމީހާގެ ގާތުގައި ބުނީ ގޭގެ ޚަރަދުތައް ބަލަހައްޓަން ފަށާނެ ކަމަށާއި އަނބިމީހާއަށް އެއްވެސް ތަކްލީފެއް ނުޖައްސުވާނެ ކަމަށެވެ.  

ކައިވެނިކޮށް އެތައް ދުވަހެއްވެގެންދިއައިރުވެސް ފިރިމީހާ އެއްވެސް ޚަރަދެއް ނުކުރެއެވެ. ހަގު އަނބިމީހާއަށް ބޭނުންވާ ކަންކަންވެސް ކޮށްދޭންޖެހެނީ ދޮށީ އަނބިމީހާއަށެވެ. އޭނާ އެކަން ޝަކުވާއަކަށް ނުހެދިނަމަވެސް ފިރިމީހާ ކައިވެނިކުރަންވެގެން ދެއްކީ ދޮގު ވާހަކަތައްކަން ހަގު އަނބިމީހާއަށް އޮތީ ޔަޤީންކުރެވިފައެވެ.

ދޮށީ އަނބިމީހާ ފިރިމީހާއަށް އަންގައިވެސް ނުލާ ހުރެފައި ގެއެއް ގަތެވެ. އަދި 3 ދަރިން ގޮވައިގެން އެގެއަށް ބަދަލުވިއެވެ. އެހިސާބުން އެންމެ ކުޑަމިނުން ހަގުއަނބިމީހާއަށް ކާންދެވޭނެ ގޮތެއްވެސް ފިރިމީހާއަކަށް ނެތެވެ.  

އެފަދަ ދަތިގޮތަކަށް ކަންކަން މެދުވެރިވުމުންވެސް ފިރިމީހާއަށް ހޭވެރިކަމެއް ނުވިއެވެ. ހޯދީ އިތުރު ލޯބިވެރިއެކެވެ. އޭނާއަށް ހުވަފެން ދައްކަމުންގޮސް ކައިވެނިކުރާ ހިސާބަށް ކަންކަން ގޮސްފައި ވަނިކޮށް ހަގުއަނބިމީހާއަށް އެކަމަށް ޝައްކުވެގެން ފާރަލާން ފެށިއެވެ. ދެމީހުން އެކުގައި ރެސްޓޯރަންޓެއްގައި ތިއްބައި ވަދެގެން ގޮސް މޭޒުކައިރީގައި އިށީނދެފައި ފިރިމީހާގެ ޙަޤީޤަތް ކިޔައިދިނުމުން ލޯބިވެރިޔާ އައިރުޅީގައި ބޮލުގައި ބިއްލޫރިތަށްޓަކުން ޖަހައި ބޯފަޅާލާފައި ނުކުމެގެން ދިއައީއެވެ.  

އޭނާއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ދެވަނަ އަނބިމީހާ އާއި އެތައް ވާހަކައެއް ދައްކައި ރުއްސައިގެން ގެއަށް ދިއައިރު ގޭގައި އެހެން ބައަކު އުޅެއެވެ. ސުވާލުކުރުމުން ދެއްކީ ލިޔުމެކެވެ. އެއީ ދޮށީ އަނބިމީހާ އޭނާގެ ގެ އެމީހުންނަށް ވިއްކައިލިކަމުގެ ލިޔުމެވެ. އެމީހުން ބުނީ އެރޭ އެގޭގައި މަޑުކޮށްލެވިދާނެ ކަމަށާއި ނަމަވެސް ހެނދުނު ގެއިން ނުކުންނަން ޖެހޭނެ ކަމަށެވެ. އެކަމަށް އައި ރުޅީގައި އަނބިމީހާ ގެއިން ނުކުމެގެންދިއައީއެވެ. އެއީ އެގެއަކީ ޢޭނާގެ ގެއެއްކަމަށް ބުނެ އެކަންވެސް އޮޅުވާލައިފައި އޮތުމުންނެވެ.  

ހެނދުނު ތެދުވެ ފޮށި ހިފައިގެން ދޮށީ އަނބިމީހާގެ ގެއަށް ދިއުމުން ބުނީ ކައިވެނީގެ ކަންތައް މިހާރު އޮތީ ނިމިފައި ކަމަށާއި ކޯޓަށް ވަރަށް އަވަހަށް ޙާޒިރުކުރާނެ ކަމަށެވެ. ވީމާ ގެއަށް ވެއްދެން ނެތްކަމަށެވެ. ގެއަށް ނުވެއްދުމުންނާއި ޢާއިލާގެ މީހުން އޭނާ ބަލައިނުގަތުމުން  ދާންޖެހުނީ އެކުވެރިއަކަށް އާދޭސްކޮށްގެން އޭނާގެ ގެއަށެވެ. ހުންނަން ޖެހުނީ ނޯކަރެއްގެ ގޮތުގައެވެ.  

އަޅުގަނޑު އުންމީދުކުރަނީ އަނބިމީހާއަކީ ހެޔޮލަފާ މީހަކަށްވުމުން ޝަކުވާނުކުރާތީ ބޭނުންވާހައި ގޮތަކަށް އުޅޭ ފިރިހެނުންނަށް މިވާހަކައިގައި ޢިބްރަތެއްވާނެ ކަމަށެވެ. ދަރިންނަށް ބަލަން މަޑުކޮށްލާފައި ނަމަވެސް ދޮށީ އަނބިމީހާ ކަންތައް އެކުރިގޮތަށް އަޅުގަނޑު ތާއީދުކުރަމެވެ. އެއީ ހަމަ ކަންތައްކުރަން އޮތް ގޮތެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- އިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން