ތިބާއަށް ކުރެވުނު ނުބައި ޢަމަލުތައް ޤިޔާމަތް ދުވަހު ދެކެން ބޭނުންނުވާ މީހާ ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ތިބާއަށް ކުރެވުނު ނުބައި ޢަމަލުތައް ޤިޔާމަތް ދުވަހު ދެކެން ބޭނުންނުވާ މީހާ ކުރަން އޮތް ޢަމަލު-

ޤިޔާމަތް ދުވަހު އެންމެ ބޮޑަށް އުފާކުރާނެ އެކަކީ އެމީހަކަށް ދުނިޔޭގައި ހުރެ ކުރެވުނު ނުބައި ޢަމަލުތައް އެމީހަކަށް ނުދައްކަވާނެ މީހުންނެވެ. އެފަދަ މީހަކަށްވުމަށް ކުރަން އޮތް ޢަމަލު-:  

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ހަމަކަށަވަރުން ޤިޔާމަތް ދުވަހު ފަރުބަދަތައް ވަރުގެ ހެޔޮ ކަމާއިގެން އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުގެ ސަބަބުން އެ ހުރިހާ ހެޔޮކަމެއް ނެތި ގޮސްފައިވާ ކަމެވެ. 

އަދި ފަރުބަދަތައް ވަރުގެ ނުބައިކަންތައް ހިފައިގެންވެސް އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުން، ގިނަގިނައިން ﷲގެ ޛިކުރު ކޮށްފައިވާތީ އަދި އެކަމާ ގުޅުން ހުރި ޢަމަލުތައް ކޮށްފައިވާތީ އެ ނުބައި ކަންތައްތައް ނެތި ގޮސްފައިވާ ކަމެވެ."  

"الداء والدواء لابن القيم (ص: ٣٧٥)"

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން