ކިތަންމެ ގާތްނަމަވެސް ހިތުގަ ދީނީ ލޯބި ނެތް މީހަކާ ގުޅިގެން އުޅުމަކީ އަމިއްލައަށް ލިބިގަނެވޭނެ އެންމެ ބޮޑު ދެރަ! އެއީ ޒަހަރަށްވުރެ ގެއްލުންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ކިތަންމެ
ގާތްނަމަވެސް ހިތުގަ ދީނީ ލޯބި ނެތް މީހަކާ ގުޅިގެން އުޅުމަކީ އަމިއްލައަށް
ލިބިގަނެވޭނެ އެންމެ ބޮޑު ދެރަ! އެއީ ޒަހަރަށްވުރެ ގެއްލުންބޮޑު ކަމެއް!


އެކުވެރިންގެ ގޮތުގައި ހެޔޮލަފާ މީހުން ގެންގުޅެންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. ޤުރްއާނާއި ޙަދީޘްފުޅުތަކުންވެސް އެސަބަބުތައް އެނގެން އެބައޮތެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އެކަމަކު ސަމާލުކަމެއް ދެވޭ ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއިމެދު ކޮށްލުން މަޖުބޫރު ސުވާލެކެވެ.

އަހުރެން ދެކޭ ގޮތުގައި ކެވޭ އެއްޗަކުން ވިހަވެދާނެތީ ނުވަތަ ޒަހަރު ބޮވިދާނެކަމަށް ރައްކާތެރިވުމަށް ދޭންޖެހޭ ސަމާލުކަމަށްވުރެ ނުބައި އެކުވެރިންގެ ކިބައިން ރައްކައުތެރިކަން ހޯދުމުގެ މުހިންމުކަން މާބޮޑެވެ! އެހެނީ އެމީހަކަށް ނުއެނގިހުރެ އޮޅުމެއްގެ ތެރެއިން ޒަހަރު ބޮވި މަރުވި ނަމަވެސް އެމީހަކު ފާފަވެރިއެއް ނުވާނެއެވެ! އެ އަމަލުގެ ސަބަބުން އެމީހާގެ ޢާޚިރަތް ގެއްލިގެނެއް ނުދާނެއެވެ. އިން ޝާ ﷲ. އެއީ އެމީހާ ޤަޞްދުގައި ކުރިކަމަކަށް ނުވާތީއެވެ.  

ނަމަވެސް އެ މީހުންނަކީ ނުބައި ބައެއްކަން އެނގިހުރެ ނުބައި އެކުވެރިންނާއިއެކު އުޅެނީ އެމީހަކު އަމިއްލައަށެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ! ނުބައި އެކުވެރިންގެ ސަބަބުން މަގު ގެއްލި ﷲ ތަޢާލާގެ މަގުން އެއްކިބާވެވިއްޖެ ނަމަ އެމީހާގެ އާޚިރަތް ގެއްލިގެންހިނގައިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑެވެ!  

ނުބައި އެކުވެރިން ކަމަށް މިބުނަނީ ﷲ ތަޢާލާ އަށް ޢަދާވާތްތެރިވެ މުންކަރާތްތަކަށް އަރައިގަންނަން ވާގިދޭ މީހުންނަށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަކީ ކުރަން އެންމެ ރަނގަޅު ކަންކަންކަމަށް ބުނެ އެފަދަ ކަންކަން ކުރަން ހިތްވަރުދޭ މީހުންނަށެވެ. ހަމަ އެއާއިއެކު އެމީހަކާއިއެކު އުޅުމުން ތިމާ އަދާކުރަން ޖެހޭ ދީނީ ވާޖިބުތައް އަދާކުރަން ހުރަސް އެޅުން ފަދަ ކަންކަން މެދުވެރިވާ މީހުންނަށެވެ.  

" ﷲ، ތިއަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިއަބައިމީހުންގެ ދީނާއިހުރެ ތިއަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިއަބައިމީހުންގެ ގޮވަތިގެދޮރުން ތިއަބައިމީހުން ނެރެލައި، އަދި ތއަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (އަލް މުމްތަޙާން: 9) 

މިއަދު މުޝްރިކުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަން ހަނގުރާމަކުރަނީ ކަނޑި އާއި ބަޑިއަކުންނޫނެވެ! ބުނާ ބަސްތަކުންނެވެ! އިސްލާމް ދީނާއިމެދު ދޭ ދޮގު މައުލޫމާތުންނެވެ. އިސްލާމް ދީން ހުއްދަނުކުރާ ކަންކަން ކުރަން ހިތްވަރުދީގެންނެވެ! ވީމާ އެމީހެއްގެ ކިބައިން މިފަދަ އެއްވެސް ކަމެއް ފެންނަ މީހުންނާއި އެކުވެރިވެ އުޅުން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ!  

ކާފިރަކު ކަމުގައިވީނަމަވެސް އެމީހެއްގެ ސަބަބުން ތިމާގެ އީމާންކަމަށް ހުރަސް ނުއެޅޭނަމަ އެމީހަކާއި ގުޅުން ބާއްވައި ރައްޓެހި ރަޙްމަތްތެރިކަން ބޭއްވުން އިސްލާމް ދީން މަނައެއް ނުކުރެއެވެ.  

" ތިއަބައިމީހުންގެ ދީނާހުރެ، ތިއަބައިމީހުންނާ ހަނގުރާމަ ނުކުރާ، އަދި ތިއަބައިމީހުންގެ ގޮވަތި ގެދޮރުން ތިއަަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިއަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލު ވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިއަބައިމީހުންނަކަށް މަނައެއް ނުކުރައްވަވަތެވެ. ހަމަކަށަވަރުން، ޢަދުލު ވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލް މުމްތަޙާން: 8) 

--އިސްލާމީ ތިލަފތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން