ތަފާތު އެތައް މަސައްކަތަކުން ނޫނީ ކުރިއަށް ދެވުނު މީހަކު މަދުވާނެ! ބަލަންވީ ބާރަށް ކުރިއަށް ދެވޭނެ މަސައްކަތްތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތަފާތު އެތައް މަސައްކަތަކުން ނޫނީ ކުރިއަށް ދެވުނު
މީހަކު މަދުވާނެ! ބަލަންވީ ބާރަށް ކުރިއަށް ދެވޭނެ މަސައްކަތްތަކަށް!

 

ބައެއް މީހުން ދިރިއުޅެން ތަފާތު މަސައްކަތްތައް ކުރަން ފަށައެވެ. ކޮންމެ މީހަކުވެސް ކުރަން އެންމެ ބޮޑަށް ބޭނބުންވާނީ އެމީހަކު އެންމެ ކުރާހިތްވާ މަސައްކަތެކެވެ. ނުވަތަ އެންމެ ގިނައިން ފައިސާ ލިބޭނެ މަސައްކަތެވެ.  

ނަމަވެސް ކުރަން ފަށާ ބައެއް މަސައްކަތްތައް ފޭލްވެ ބޮޑެތި ގެއްލުންތައް ލިބި ބަނގުރޫޓުވެސް ވެއެވެ. ނަމަވެސް 5 ވަނަ ނުވަތަ 6 ވަނައަށް ފަށާ މަސައްކަތުގައި ކާމިޔާބާއި ކުރިއެރުން ލިބި މަލްޓިމިލިއަނަރުންނަށް އެބަ ވެވެއެވެ.  

މިކަމުންވެސް އެނގިގެންދަނީ ކުރިން ކުރެވުނު މަސައްކަތްތައް އެއީ އޭނާއަށް އެންމެފައިދާހުރި މަސައްކަތްތައް ނޫން ކަމެވެ. މާޔޫސްނުވެ ހިތްވަރުކުރުމުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާކަމެވެ. ހެޔޮ ގޮތްތައް މިނަވަރު ކުރައްވަވާ ކަމެވެ!  

ދުނިޔޭގެ ކާމިޔާބު މިލިއަނަރުންނަށް ބަލާށެވެ! މަދުމީހަކަށް ނޫނީ ޙަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ބޮޑެތި ގެއްލުންތައް ލިބިފައިވާނެއެވެ! ނަމަވެސް އެމީހުން އުންމީދު ކަނޑާނުލައި މަސައްކަތްކުރީތީ އެމީހުންނަށް އެވަނީ ކުރިއެރުން ލިބިފައެވެ.  

ވީމާ އަހަރެމެންނަށް އޮތީ ކުރާ މަސައްކަތް ކާމިޔާބު ނުވާނަމަ ވެސް ކަންބޮޑު ނުވެ އެނޫން މަސައްކަތެއް ކުރަން ހިތްވަރުކުރުމެވެ! ނުވަތަ މަސައްކަތްކުރާ ގޮތް ބަދަލުކޮށް އެނޫން ގޮތަކުން މކުރިއަށް ދާން މަސައްކަތްކުރުމެވެ! ރަސޫލް (ﷺ) ގެ ޙަދީޘްފުޅަށް އަމަލުކުރަން މަސައްކަތްކުރުމެވެ!  

ރަސޫލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައިވަނީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަމަކީ ދެއްވަވަން އިރާދައިގައި އޮތް ކަމެއް ނަމަ ދެއްވަވާނެ ކަމަށެވެ. އަދި އެކަމެއް ހިންމަވައި ނުދެއްވަވާނަމަ ފައިދާކުރާނެ އެހެން ދޮރުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެ ކަމަށެވެ!  

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން