ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު: މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައިފި

ކިޔުމަށް ހޭދަވާނީ 59ސ
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު: މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ އެ ފަޅު ހިއްކުމުގެ މުޅި މަޝްރޫޢުގެ 68.8 އިންސައްތަ މަސައްކަތެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ސަރުކާރު ނިމުނުއިރު އެ ފަޅުން ހިއްކިފައި އޮތީ 70 ހެކްޓަރުގެ ބިމެވެ. ބާކީ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލްއިން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި އެ ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ދުނިޔޭގައި އޮތް އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ.

ގިރާވަރުފަޅުގެ ބައެއް ސަރަޙައްދުތަކަކީ ވަރަށް ފުން ސަރަޙައްދުތަކެއް ކަމުން ބިން ހިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މަޝްރޫޢުގެ ހުރިހާ މަސައްކަތެއްވެސް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން