ތަނަވަސްކަން ލިބޭނީވެސް ތަނަވަސްކަން އިތުރުވާނީވެސް ހިލޭ އަންހެނުންނާ ދުރުހެލިވެގެންކަން ތަޖުރިބާކުރެވުނު ތަނަވަސް މީހެއްގެ ވާހަކައާ އޭނާގެ ނަޞީޙަތްތަކެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތަނަވަސްކަން ލިބޭނީވެސް ތަނަވަސްކަން
އިތުރުވާނީވެސް ހިލޭ އަންހެނުންނާ ދުރުހެލިވެގެންކަން ތަޖުރިބާކުރެވުނު ތަނަވަސް
މީހެއްގެ ވާހަކައާ އޭނާގެ ނަޞީޙަތްތަކެއް-


ތަނަވަސްކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ސަމާލުކަންދޭންވީ ތަނަވަސްކަން ލިބިފައިވާ މީހުން ތަނަވަސްކަން ލިބިގަންނަން ޢަމަލުކުރި ގޮތަށެވެ. އެހެންކަމުން މިގެނެސްދެނީ އަމިއްލަ މަސައްކަތުން މިލިއަނަރަކަށްވެފައިވާ މީހަކު ބުނެފައިވާ ބައެއް ވާހަކައެވެ.

--ތިމާ ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށްނަމަ ތިމާގެ ސަބަބުން ބައަކަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރާށެވެ. އެންމެ ޢާއިލާއަކަށް ނަމަވެސްމެއެވެ. (ދީލަތިވާށެވެ!) 

--ފެންނަހައި އަންހެނަކަށް ސަމާލުކަން ނުދީ ހަމަ އެންމެ އަންހެނަކަށް ސަމާލުކަންދޭށެވެ! (ކިތަންމެ ރީތި އަންހެނަކު ފެނުނަސް ބައިވެރިޔާ ނޫން އަންހެނަކަށް ސަމާލުކަން ނުދޭށެވެ! އަނބިމީހާއަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!) 

--ލިބޭ އާމްދަނީ އިތުރުކުރަން ތިބާކުރާ ވަރަށް މަސައްކަތް ނުކުރާ މީހުންގެ ފާޑުކިޔުންތަކަށް ނުވިސްނާށެވެ! 

--ގެއްލުމެއް ލިބުނަސް މާޔޫސްނުވެ ހިތްވަރުކުރާށެވެ!  

--ތިބާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނުލިބުމުން އެއްޗެތިގޮވާ މީހުންގެ އަޑު އިވޭކަމަށް ނުހަދާށެވެ!  

އަހުރެން މިވާހަކަތައް މިބުނީ އަމިއްލަ ތަޖުރިބާއިންނެވެ. އަދި ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއަށްވެސް ބަލައިގެންނެވެ، މިކަންކަމަށް ސަމާލުކަންދީގެން ކުރިއެރުން ހޯދަން މަސައްކަތްކުރާ މީހަކަށް ތަނަވަސްކަން ލިބޭނެއެވެ. އިން ޝާ ﷲ 

--ތަރުޖަމާއެއް / މިއަދުނޫސް

މިއަދު އޮންލައިން