ގޭގަ ތިބެގެންވެސް މައްޔިތާ ވަޅުލެވޭ ވަޤުތުން ފެށިގެން ހަތް ސާޢަތް ވަންދެން ދުޢާކުރުން މަތީގަ ތިއްބަވާ! އެއީ ސުވާލުތައް ކުރިއަށްދާނެ ވަޤުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޭގަ ތިބެގެންވެސް މައްޔިތާ ވަޅުލެވޭ ވަޤުތުން ފެށިގެން ހަތް ސާޢަތް ވަންދެން ދުޢާކުރުން މަތީގަ ތިއްބަވާ! އެއީ ސުވާލުތައް ކުރިއަށްދާނެ ވަޤުތު!

ޖަނާޒާތަކުން މިފެންނަނީ ސަންދޯއް ސަޙަރާއަށް ގެންދެވޭ ވަޤުތުން ފެށިގެން ދުނިޔަވީ ވާހަކަތަކުގައި ތިބެވޭތަނެވެ. ލޯމަތިން ސަންދޯއް ލޯމަތިން ގެއްލުމުން މަންޒަރު ބަދަލުވެގެންދާ ތަނެވެ.  

ޖަނާޒާތަކުގައި ބައިވެރިވާން ގޮސްތިބޭ ގިނަ ބއަކަށް ހީވެފައި އޮންނަނީ ކަށުނަމާދުކޮށް މައްޔިތާ ވަޅުލުމުން އެކަން ނިމުނީ ކަމަށެވެ. އެހެންވެ އެހިސާބުން މައްޔިތާގެ މަތިން ހަނދާން ނައްތާލައި ދުނިޔަވީ ކަންކަމަށް އެނބުރިގަންނަތަން ފެނެއެވެ. އެއީ ކަންތައް ކުރަން އޮތް ގޮތް ނޫންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.  

މައްޔިތާ ވަޅުލައި ނިމުމުން އެއީ ނިމުނީ ކަމަށް ނުހަދާށެވެ. މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން (7 ސަޢަތަށް) 7 ގަޑިއިރަށް ކުރިއަށް ގެންދަންވާނެއެވެ. އެހެނީ ކައްވަޅގައި ސުވާލުކުރެއްވެވުމުގެ ހިނގާނެ ވަގުތތަކެވެ. ވީމާ ގޭގައި ތިބެގެން ޢާއިލާގެ އެންމެންނާއި ހެޔޮއެދޭ އެންމެންވެސް 7 ގަޑިއިރުވަންދެން ދުޢާކުރަމުން ގެންދަންވާނެއެވެ.   

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީހަކަށް އެހެން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދެވޭނީވެސް އަދި ވަޞިއްޔަތެއް ކުރެވޭނީވެސް ދުނިޔޭގައި ހުރެއެވެ. މަރުވުމަށްފަހު އެފުރުޞަތު ގެއްލިގެންދެއެވެ. އޭނާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް އެންމެންގެ ކިބައިން އެދެންވެސް ކިތަންމެ ވަރަކަށްވެސް ބޭނުންވާނެއެވެ. ނަމަވެސް މަރުވުމަށްފަހު އެފުރުޞަތެއް ނުލިބޭނެއެވެ.  

ވީމާ ކޮންމެ މީހަކު މަރުވިނަމަވެސް އޭނާއަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ. އޭނާގެ ފާފަތައް ފުއްސަވައި ފުރާނައަށް ހެޔޮރަޙްމަތް ލެއްވެވުން އެދި ގިނަގިނައިން ދުއާކުރާށެވެ! މައްޔިތާ އެންމެ ބޮޑަށް އެދޭނީ އެކަމަށެވެ. އަދި މައްޔިތާއަށް ފައިދާކުރާނެ ކަމަކީވެސް ހެޔޮދުޢާ އާއި ދެންވެސް އާޚިރަތްދުވަހު ފައިދާކުރާނެ ކަންކަމެވެ.

 

- ޖަނާޒާއެއްގައި ޝައިޚް އިބްރާހީމް ފަރިދު އަހްމަދު ދެއްވާފައިވާ ނަޞޭޙަތުގެ ތެރެއިން 

މިއަދު އޮންލައިން