އެއާޕޯޓުގައި ވަޒީފާއަދާކުރާތީ ހުކުރުނަމާދުނުކޮށް މެންދުރުނަމާދުކުރުން ހުއްދަވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެއާޕޯޓުގައި
ވަޒީފާއަދާކުރާތީ ހުކުރުނަމާދުނުކޮށް މެންދުރުނަމާދުކުރުން ހުއްދަވާނެ މީހުން-


އެއާޕޯޓްގައި ވަޒީފާއަދާކުރާ ކޮންމެ މީހަކީ ހުކުރުނަމާދުނުކޮށް ހުރުން ހުއްދަ މީހެއް ނޫނެވެ. އެހުއްދަ ލިބެނީ ޚާއްޞަ މަސައްކަތްތަކެއްކުރާ މުވައްޒިފުންނަށެވެ.

މިކަމާއި ގުޅިގެން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ ބަސްފުޅެވެ.

 

އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، ފްލައިޓްތަކުގެ ކަންކަމަށް ގަޑިން ގަޑިއަށް ޙާޟިރުވާންޖެހޭ މުވައްޒަފުން. މިސާލަކަށް ޕައިލެޓުން ކެބިން ކުރޫއިން ފެށިގެން އިމިގްރޭޝަން އަދި މުސާފިރުންގެ ކަންކަމުގައި އުޅެންޖެހޭ މީހުން ހިމެނޭނީ ހުކުރު ނަމާދުގެ ޖަމާޢަތަށް ދިޔުމުން އިސްތިސްނާވެގެންވާ މީހުންގެ ތެރެއިންނެވެ.

އިސްލާމީ ޤައުމެއްގެ އަޞްލަކީ، ހުކުރު ވަޤުތުގައި ފްލައިޓްތައް ނުޖެއްސުމެވެ. އެހެންނަމަވެސް، ދަތުރުވެރިންނަކީ ހުކުރު ނަމާދު ވާޖިބުވާ ބަޔަކަށް ނުވެފައި، ޖާގައިގެ ގޮތުން ދަތިކަމުގެ ސަބަބުންނާއި، ނުވަތަ އިމަޖެންސީގައި ޖައްސަންޖެހޭ ފްލައިޓްތައް ޖެއްސުމާއި، ފްލައިޓްތައް ގިނަވުމުގެ ސަބަބުން ހުކުރު ދުވަހު ހުކުރު ވަޤުތާ ދިމާކޮށް ފްލައިޓްތައް ނުޖައްސާ ވާން ނެތް ޙާލަތުގައި ފްލައިޓްތައް ޖެއްސުމަކީ މަޞާލިޙުލް މުރްސަލާގެ ދަށުން ހުއްދަކަމެކެވެ.

އެފަދަ ޙާލަތުގައި އެފަދަ ފްލައިޓްތަކުގެ ކަންކަމަށް ޙާޟިރުވާން ޖެހޭ މުވައްޒަފުން ހިމެނޭނީ ހުކުރު ނަމާދުން އިސްތިސްނާ ވެގެންވާ މީހުންގެ ތެރެއިންނެވެ. އެފަދަ މީހުން ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ.

--الشيخ محمد شافع

 

 

--މިއަދުނޫސް

މިއަދު އޮންލައިން