އުފަންވެލި ފިހާރަތަކުގައި ތާޒާ ކާބޯތަކެތީގެ 3 ދުވަހުގެ ޕްރޮމޯޝަނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އުފަންވެލި ފިހާރަތަކުގައި ތާޒާ ކާބޯތަކެތީގެ 3 ދުވަހުގެ ޕްރޮމޯޝަނެއް!

މަޑިހާ ކުންފުނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް ތިންދުވަހުގެ ޚާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

ތާޒާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިފަހަރު ޕްރޮމޯޝަން ކުރިޔަށް ދާނީ ސެޕްޓެމްބަރ 24 ން 26 އަށެވެ. މި ޕްރޮމޯޝަންގެ ދަށުން ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން ކޮންމެ ދުވަހަކު ގެޔަށް ބޭނުންވާ މުހިންމު ގްރޯސަރީ އައިޓަމްތައް ވަރަށް ހެޔޮ އަގެއްގައި ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން މާލެއާއި ހުޅުމާލޭގައި ހުރި ހުރިހާ އުފަންވެލި ފިހާރަތަކުން ހެޔޮއަގުގައި އެސެންޝަލް ތަކެތި ހެޔޮ އަގުގައި ލިބިވަޑައިގަންނަވާނެއެވެ.

މިގޮތުން އަގުހެޔޮކޮށް ލިބޭނެ ތަކެތީގެ ތެރޭގައި: ފިޔާ - އަލުވި - ކައްޓަލަ - ކުކިންގ އޮއިލް – 2ލީޓަރުގެ - ކަވެންޑިޝް ދޮންކެޔޮ - ރީނދޫ ލެމަން - ބަރަބޯ - ކުކުޅު 99 ގްރާމް - ކުކުޅު 1000 ގްރާމް - ކުކުޅު 1200 ގްރާމް - ކުކުޅު 1400 ގްރާމް

އަލަށް މިފެށި ޕްރޮމޯޝަން އަކީ ވެސް ހެޔޮ އަގެއްގައި އަސާސީ ކާބޯތަކެތި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުފަންވެލި ފިހާރަތަކުން ކުރާ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮމޯޝަން އެކެވެ. ތާޒާ ތަރުކާރީ އާއި މޭވާ ގެ އިތުރުން ކެއްކުމަށް ބޭނުންވާ ސާމާނަކީ ހަމަ ކޮންމެ ދުވަހަކުވެސް ގަންނަން ޖެހޭ ތަކެއްޗަށް ވާއިރު ތިން ދުވަހުގެ ޕްރޮމޯޝަނެއް ހުޅުވާލުމުން ގޭގެއަށާއި ކެފޭތައް، ރެސްޓޯރަންޓް ތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެންވެސް ތަންތަނަށް މިތަކެތި އަގުހެޔޮކޮށް ގިނައިން ގަތުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މަޑިހާ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އުފަންވެލި ފިހާރަތަކުން ލިބެން ހުންނަ ތާޒާމޭވާ އާއި ތަރުކާރީ، އެއްގަމު މަހުގެ ބާވަތްތައް، ގްރޯސަރީ ގެ ބާވަތް ތަކުގެ އިތުރުން ކެއްކުމަށް ބޭނުންވާ ތަކެތީގެ ލިބެން ހުންނަ ބާވަތްތައް އިތުރު ކޮށް ހެޔޮއަގެއްގައި އަބަދުވެސް ލިބި ލިބި ހުންނަ ގޮތަށް ފޯރުކޮށްދެވޭތޯ އެވެ.

މި ތިންދުވަހުގެ ޕްރޮމޯޝަން ނިމުގެ ކުރިން އެންމެ ކައިރީގައި ހުރި އުފަންވެލި ފިހާރަޔަކަށް ވަޑައިގެން މި ޕްރޮމޯޝަންގެ ފައިދާހޯދުމަށް ކަސްޓަމަރުންގެ ކިބައިން މަޑިހާ ކުންފުނިން ވަނީ އެދިއެވެ.

މިއަދު އޮންލައިން