ކިތަންމެ ބޭނުމަސް ޙައްޤު ނޫން ގޮތުގަ ބިންހޯދުމަކީ ކިހާބިރުވެރިކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކިތަންމެ ބޭނުމަސް ޙައްޤު ނޫން ގޮތުގަ ބިންހޯދުމަކީ ކިހާބިރުވެރިކަމެއްކަން އެނގޭތަ؟

އަޅުގަނޑުގެ މައިންބަފައިން ނިޔާވީ އަޅުގަނޑު ވަރަށް ކުޑައިރުއެވެ. މީހުން ބުނާ ގޮތުން ބައްޕަގެ ބޮޑު ގޯއްޗެއް އޮތެވެ. ގެއަޅައިގެން ދިރިއުޅުނީ އެގޯތީގައެވެ. އެކަމަކު އަޅުގަނޑު ބޮޑުވެ ސުވާލުކުރުމުން ބޮޑުބޭބެ ދެއްކީ އޭނާގެ ނަމުގައި އޮތް ރަޖިސްޓްރީއެކެވެ.  

މިހުރީ ކުރިމަތިވާ ކަންކަމެވެ. ބިން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. ކިތަންމެ ބޮޑު ބިމެއް ލިބުނަސް އެދެވޭނީ އަދިވެސް އިތުރަށް ބޮޑުވުމަށެވެ. އެއީ އެކަމުން ލިބޭ ފައިދާގެ ބޮޑުކަމުންނެވެ. އެހެނަސް ބިން ހޯދުމުގައި ސަމާލުކަންދީ ރައްކައުތެރިވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.  

ކޮންމެވެސް މަކަރެއް ހަދާލައިގެން މީހުންގެ ބިން ފޭރުމަކީ މިހާރު ވަރަށް ގިނައިންކުރާކަމެކެވެ. އެމީހަކަށްވުރެ ބާރާއި ނުފޫޒުގެ ގޮތުން ދެރަ ނަމަ އެމީހެއްގެ ބިން ފަދަ ތަކެތި އަތުލަގަތުމަކީ ބައެއް މީހުން އެއްވެސް ޖެހިލުމެއް ނެތި ކުރަމުން އަންނަ ކަމެކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އެކަމުގެ ހުރި ބިރުވެރިކަން ނުވެސް އެނގެނީ ކަމަށްވެސް ވެދާނެއެވެ.  

Prophet Mohammad (ﷺ) said,

"Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection."

Sahih al-Bukhari 2454 

މި ޙަދީޘްފުޅުން އެނގިގެންދަނީ "މީހެއްގެ ބިންކޮޅެއް ނުޙައްޤުން އަތުލައިގެންފި މީހާ ޤިޔާމަތާއި ހަމައަށް ހުންނާނީ 7 ބިމުގެ ބިމުގެ އަޑިއަށް ގެނބިގެނބި"ކަމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިހިރަ ފެންނަނީ ހާދަހާ ބިރުހުރި ކަންކަމެވެ. ޤިޔާމަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ 

މީސްތަކުންނޭވެ! މަކަރުވެރި ގޮތުގައި މީހެއްގެ އަތުން އެއްވެސް މިންވަރެއްގެ ބިންކޮޅެއް ނުހޯދާށެވެ! އެކަމުން ދުނިޔޭގައި ކޮންމެވެސް މިންވަރެއްގެ އުފަލެއް ލިބުނުކަމުގައިވީ ނަމަވެސް އެއީ ހާދަގައިވާ ނުރައްކައުތެރިކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން