ވަރިކޮށް ދަރިންނާއެކު ފޮނުވާލިޔަސް، ވަރިކޮށްފަ ގެއިން ނުކުމެގެން ދިއަޔަސް ދަރިންނަށް ޚަރަދުނުކުރުމަކީ ދުނިޔޭގަވެސް އާޚިރަތްދުވަހުވެސް ބައްދަލުކުރާނެ ބިރުހުރި ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ވަރިކޮށް ދަރިންނާއެކު ފޮނުވާލިޔަސް، ވަރިކޮށްފަ ގެއިން ނުކުމެގެން ދިއަޔަސް ދަރިންނަށް ޚަރަދުނުކުރުމަކީ ދުނިޔޭގަވެސް އާޚިރަތްދުވަހުވެސް ބައްދަލުކުރާނެ ބިރުހުރި ކަމެއް!

އަޅުގަނޑޫގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފަ ދިއައީ އަޅުގަނޑު ބަލިވެ އޮއްވައެވެ. 3 ދަރިން އެބަ ތިއްބެވެ. އެންމެ ކުޑަމިނުން ހަނޑޫކިލޯއެއް ގަނެލެވޭނެ ފަދަވެސް މިހާރު އަތަކު ނެތެވެ. މިއީ ހަމަ އަޅުގަނޑަށާ ދަރިންނަށް ޙައްޤު މިންވަރުތޯ؟ އޭނާ ހޯދައިދޭތޯ ފުލުހުންނަށް ގުޅީމަ ބުނީ ދެމަފިރިންގެ މައްސަލައެކޯ. ކޯޓަށް ދާށޯ.މާތް ﷲ އާ ވަކީލް. 

މިއީވެސް ކިޔުންތެރިއެއްގެ އިޙްޞާޞްތަކެވެ. މަދު ޖުމުލަކޮޅަކުން އޭނާ ބުނެފައި އެވަނީ ވަރަށް ގިނަ ވާހަކައެވެ. އައު ބާވަތެއްގެ ފުލުހުން އުފައްދައިގެންވެސް މިފަދަ ނިކަމެތި ޙާލުގައި ޖައްސުވާ މީހުން ހޯދަން އެބަޖެހެއެވެ.  

ގުޅުންހުރި ލިޔުމެއް!: 

ސަރުކާރުން ދަރިވަރުންގެ ފޮތްތައް ހިލޭ ދެމުން ގެންދާއިރު ދެން ހޯދައިދޭންޖެހޭ ތަކެތި ހޯދައިނުދީގެން ކަރުނައަޅަމުންދާ ދަރިން ބައިވަރެވެ. މިއީ ވަރަށް ދެރަކަމެކެވެ.  

އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރުމަކީ ބައްޕައިންގެ މައްޗަށް އޮތް ޒިންމާއެކެވެ.  ކައިވެނި ރޫޅުމަށްފަހު ދަރިން ބަލަނީ މަންމަ ކަމަށްވީނަމަވެސް އެވާޖިބުން ބައްޕައަކަށް ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ލިބޭ މިންވަރަކުން ޚަރަދުކުރަންވާނެއެވެ. އެމީހަކަށް ލިބޭ މިންވަރަކުން އިޚްލާޞްތެރިކަމާއިއެކު ދަރިންނަށް ޚަރަދުކުރާނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.  

ކައިވަނި ރޫޅުމަށްފަހުވެސް ލިބިފަ ތިބޭ ދަރިންނަށް ޚަރަދު ކުރަން ޖެހޭނީ ހަމައެކަނި ދަރިންގެ ބައްޕައަށް އެކަނިތޯ؟ މަންމައަކަށް ނުޖެހޭނެތޯ ދަރިންނަށް ޚަރަދު ކުރާކަށް؟

ޖަވާބު:. ދަރިންނަށް ޚަރަދު ކުރުމަކީ އެއީ ކުދިންގެ ބައްޕަގެ ޒިންމާއެއް! އެއްވެސް ޙާލެއްގާ މަންމަ ކުރަން ޖެހޭ ކަމެއްނޫން! އެއީ ބައްޕަ ކުރަންޖެހޭ ކަމެއް!. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މަންމަގެ ތަނަވަސްކަން ކިތަންމެ ބޮޑުނަމަވެސް، ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ކައިވެނިކޮށްގެން ތިބޭއިރުވެސް ކައިވެނި ރޫޅުމަށްފަހުގައިވެސް ދަރިންނަށް ޚަރަދުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. މަންމްގެ ދީލަތިކަމުން ޚަރަދުކުރުމަކީ މަނަމަގެ ހެޔޮކަމެވެ. މަޖުބޫރުކޮށްގެން އަތުލުމެއްވެސް ނެތެވެ.  

ވަރިކޮށް 3 މަސްވުމުން ކެނޑޭނީ އަނބިމީހާގެ ޢިއްދައިގެ ޚަރަދެވެ. ދަރިންގެ ޚަރަދުކެނޑޭނީ ދަރިންބޮޑެތިވެ ބައްޕަގެ ކިބައިން ބެލެނިވެރިކަން ނެތުނު ދުވަހަކުންނެވެ.

 

މިއަދު އޮންލައިން