ވާދަވެރި ގޭމްތައް ކުޅުމާ ގޭމްކުޅެން ގިނަ ވަޤުތު ހޭދަކުރުމަކީ ދަރިންގެ ސިކުނޑި ފުރި ކިޔެވުމަށް ހުރަސްއެޅޭ ކަމެއް!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވާދަވެރި ގޭމްތައް ކުޅުމާ ގޭމްކުޅެން ގިނަ ވަޤުތު ހޭދަކުރުމަކީ ދަރިންގެ ސިކުނޑި ފުރި ކިޔެވުމަށް ހުރަސްއެޅޭ ކަމެއް!: ދިރާސާ

ފިކުރުތައް ބޮޑުވެ ގިނަ ކަންކަމަށް ވިސްނާ މީހުންނަށް ފަސޭހައިން ހަނދާން ނެތުމުގެ މައްސަލަ ބޮޑުވެއެވެ. އެއީ ސިކުނޑީގައި ހުންނަ ކަންކަން ގިނަވުމުން ސްޓޯރޭޖް ކެޕޭސިޓީ ފުރޭތީއެވެ. އިތުރަށް އެއްޗެއް އަޅާނެ ޖާގަ ނުހުންނާތީއެވެ. ދަރިންގެ ކިޔެވުމަށްވެސް މިމައްސަލަ ކުރިމަތިވެއެވެ.  

ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ތަފާތު ގޭމްތައް ކުޅުމާއި އެނޫންވެސް އެފަދަ ކަންކަމުގައި ކުދިން ހޭދަކުރާ ވަގުތު ގިނަވުމަކީ ކުދިންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންކަމެވެ. ޚާއްޞަކޮށް ވާދަވެރި ގޭމްތައް ކުޅުމުގައެވެ. މޮޅަށް ކުޅުމުން ގިނަ ޕޮއިންޓް ލިބޭ ގޭމްތައް ކުޅުމުގައެވެ.  

އެފަދަ ކަންކަމަށް ޝައުޤުވެރިކަން މާބޮޑުވެ ސިކުނޑީގައި އެކަންކަން ހަރުލުމުން އުނގެނުމުގެ ތެރެއިން ސިކުނޑީގައި ޖަމާކޮށް ހަރުލައްވަންޖެހޭ ބައިތައް ހަރުލައްވަން ސިކުނޑީގައި ޖާގަ މަދުވެގެންދިއުމަކީ ކުދިންގެ ކިޔެވުމަށް ހުރަސް އެޅޭކަމެއްކަންވެސް ދިރާސާތަކުން ފާހަގަކުރެވެއެވެ.

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ކުއްޖަކަށް އެއް ގޮތަކަށް ހުރިހާ ކަންކަން މެދުވެރިނުވެދާނެއެވެ. ކަންކަން މެދުވެރިވުމަށް ކުރިމަތިވާ ސަބަބުތައްވެސް ތަފާތުވެދާނެއެވެ. އެހެންކަމުން މުހިންމީ ދީނީ ގޮތުން ވެސް އަދި އެނޫން ގޮތަކުންވެސް ކުއްޖާގެ ތައުލީމާއި ތަރުބިއްޔަތަށް ހުރަސް އެޅިދާނެ ހުރިހާ ސަބަބުތައް ނައްތައިލުމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން