މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގައި މިރޭ ހުޅުވައިފިއެވެ.
މި އައު ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓުތަކުގެ 2 ނަންބަރު ޓަވަރުގެ ތިރީބައިގައެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވި ފިހާރައެކެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލަށް ހުޅުވުނު މި ފިހާރައިން އެ ކުންފުނީގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް އާންމުންނަށް ލިބެން ހުންނާނެއެވެ.