އިންޖިނިއަރިން ދާއިރާއަށް އިންސާނީ ވަސީލަތް ފައްކާކުރުމަކީ ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް: ޢަބްދުއްޝަކޫރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އިންޖިނިއަރިން ދާއިރާއަށް އިންސާނީ ވަސީލަތް ފައްކާކުރުމަކީ ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް: ޢަބްދުއްޝަކޫރު

ޤައުމުގެ އިންޖިނިއަރިން ދާއިރާއަށް ޚިދުމަތް ކުރުމާއި އެ ދާއިރާއަށް އިންސާނީ ވަސީލަތް ފައްކާކުރުމަކީ މިއަދު ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށް އިންޖިނިއަރިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހާސިލުކުރެއްވި ޢަބްދުއްޝަކޫރު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެވޯޑު ހަފުލާގައި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން ވާހަކަދައްކަވަމުން ޢަބްދުއްޝަކޫރު ވިދާޅުވީ، އިންޖިނޭރުން ފަރުވާ ކުޑަކޮށް ކުރާ ކަމެއްގެ ނަތީޖާ ވަރަށް ހިތިކޮށް ދިމާވެދާނެ ކަމަށެވެ. އަދި ޤައުމުގެ ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވެނީ އިންޖިނޭރުންގެ މަސައްކަތާއެކު ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ހަގީގީ މާނައިގައި އިންޖިނޭރުންނަކީ އެކުގައި މަސައްކަތްކޮށް، އެކުގައި ނަތީޖާ ނެރެން ދަންނަ ބަޔަކަށް ވާންޖެހޭ. ކަމަށް ކަމޭހިތާ ފަރުވާތެރި ބަޔަކަށް ވާންޖެހޭ. ވަރުބަލިވިޔަސް މަސައްކަތް ހުއްޓާލާނީ ނަތީޖާ ނެރެކަން އަޒުމަކަށް ވާންޖެހޭ،" ޢަބްދުއްޝަކޫރު ވިދާޅުވިއެވެ.

މީގެއިތުރުން، އަލަށް އިންޖިނިއަރިން ދާއިރާއަށް ނުކުންނަ ޒުވާނުންނަށް އުނގެނުމުގައި ފޫހިކަމެއްނެތި ކަންކަން ދަސްކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މިހާރުވެސް ޤައުމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކި ދާއިރާތަކުން ހުނަރުވެރި ފަންނުވެރިން ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

އިންޖިނޭރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމަށް ސަރުކާރުން ވަކި ދުވަހެއް ކަނޑައަޅުއްވާފައިވާތީ، ޢަބްދުއްޝަކޫރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން