އިސްލާމީ ކަންތައް ކުރިއަރުވަން މަސައްކަތްކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އިސްލާމީ ކަންތައް ކުރިއަރުވަން މަސައްކަތްކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ: ޑރ. ޝަހީމް

އިސްލާމީ ކަންތައްތައް ކުރިއެރުވުމުގައި އެންމެން އެކުއެކީގައި މަސައްކަތްކުރަން ޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފްގެ ފަރާތުން ބާއްވާ ދުޢާތުންގެ މަޖިލީހުގެ ދެވަނަ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ދީނަށް ޚިދުމަތްކުރުމަކީ ވަރަށް މަތިވެރި ނިޢުމަތެއް ކަމަށެވެ. އަދި އެ ނިޢުމަތް ލިބެނީ ﷲ ތަޢާލާ އިޚްތިޔާރުކުރައްވާ ބަޔަކަށް ކަމަށާއި، އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ ޢަޤީދާގެ މަތީގައި ރާއްޖެ ފޯރުކޮށްދިނުމަކީ އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ މުހިންމު އަމާޒެއް ކަމަށެވެ. އަދި އިސްލާމީ ދަޢުވަތު ފެތުރުމުގައްޔާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން