ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރަސްމީ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ. މި ތާރީޚީ ކާމިޔާބީ ހާސިލުކޮށްފައިވަނީ ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާއެވެ.

މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޢާއިޝަތު ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އޭނާގެ ރަސްމީ ޓުއަރ ގައިޑް ފާސް ވަނީ ޙަވާލުކޮށްދެއްވާފައެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މިއީ ރާއްޖޭގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސަންސް ދިވެހި އަންހެނަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

މިއަދު އޮންލައިން