ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވީ މައްސަލަތައް ހައްލުކުރުމަށް ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވީ މައްސަލަތައް ހައްލުކުރުމަށް ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް: ވަޒީރު

ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. މުއްޠަލިބް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.

މި ނިންމެވުން ނިންމެވި ސަބަބު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން، މީގެ ފަހުން އެފަދަ ހުރިހާ މައްސަލަތަކެއް ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް ކަމަށާއި، އެ މައްސަލަތަކުގައި މިނިސްޓްރީން ޢަމަލުކުރަމުން ގެންދާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން