ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރާ ޖަމްޢިއްޔާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރާ ޖަމްޢިއްޔާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ދުންފަތާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް ފޯރުކޮށްދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު މި ހިނގާ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި އެހީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކަނޑައެޅިފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ޝަރުތުތައް ފުރިހަމަވާ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށެވެ. އެގޮތުން މި އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނީ ރަސްމީ އީމެއިލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ މަސައްކަތް މައިގަނޑު ދެ މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މަރުޙަލާގައި ހުށަހަޅަންޖެހެނީ ކޮންސެޕްޓް ނޯޓާއި ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ލިޔުންތަކެވެ. އަދި ދެވަނަ މަރުޙަލާގައި ހުށަހަޅަންޖެހެނީ ފުލް ޕްރޮޕޯސަލާއި އެކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފްޞީލެވެ.

މި އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ތަފްޞީލީ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން