ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ. އަލަށް އެޅި މި ވަދު ކަނދުފަތީގެ ނަންބަރަކީ Q10V01-02 އެވެ.
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 00°16.100’S އަދި 73°36.000’E އެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެންދާނެއެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގެ މަސްވެރިންނަށާއި، ޒުވާން މަސްވެރިންގެ އިތުރުން ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.