އެންމެ ބޮޑަށް ސަމާލުކަންދޭން އޮތީ ﷲ ތަޢާލާއާއެކު ބާއްވަންޖެހޭ ބައްދަލުވުންތަކަށް!: ޝައިޚް ޑރ ސާޖިދު އުމަރު

ކިޔުމަށް ހޭދަވާނީ 3މ 2ސ
އެންމެ ބޮޑަށް ސަމާލުކަންދޭން އޮތީ ﷲ ތަޢާލާއާއެކު ބާއްވަންޖެހޭ ބައްދަލުވުންތަކަށް!: ޝައިޚް ޑރ ސާޖިދު އުމަރު

ޢާއިޝަތު ރަފާޙް ޢަލީ

 

ތަމްރީނުވަނީ ތަހައްޖުދުގައެވެ. އެއީ ރޭގަނޑު ތެދުވެ، ﷲ ސުބަޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅަށްޓަކައި ޤުރްއާން ކިޔަވާ ވަގުތުގައެވެ. އަދި ޢިލްމުވެރިން މިކަމުން އިސްތިންބާޠު ކުރައްވާފައިވާ ގޮތުގައި؛ އިމާމުންނާއި، ޢިލްމު އުނގެނޭ ދަރިވަރުންނާއި، ޝެއިޚުންނާއި، އަދި އިޖުތިމާޢީ އެކި މަޝްރޫޢުތައް ހިންގަވާ ބޭފުޅުންވެސް ތަމްރީނުވާން ޖެހެއެވެ. ދަޢުވަތުގެ ނަމުގައި ކަމެއްކުރާ ކޮންމެ މީހަކު، ނުވަތަ "ތިމަންނާ ޤަޞްދުކުރަނީ ﷲ އަށްޓަކައި މީހުންނަށް ފައިދާ ފޯރުކޮށްދިނުމަށޭ" ބުނާ ކޮންމެ މީހަކުމެ، އެމީހުންގެ މައްޗަށް ލާޒިމުވެގެންވާ ތަމްރީނުގެ ބައެއް (ނަޞީބެއް) ވެއެވެ. 

އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި، ރޭގަނޑު އަޅުކަމުގައި ކޮޅަށް ހުރުމެވެ. އަދި އިސްނަގައިގެން ވެރިކަމާއި ޒައާމަތުގެ މަސްއޫލިއްޔަތު ނަންގަވާ އަޚުންނާއި އުޚްތުންނަށް އަހަރެން މި ނަޞީޙަތްތެރިވަމެވެ. ތިޔަބޭފުޅުންނަށް އެ ލިބިވަޑައިގެންނެވި ލަޤަބާއެކު މަސްއޫލިއްޔަތުވެސް އާދެއެވެ. 

ޤަވާޢިދުން ﷲ އާއެކު ބައްދަލުވުންތައް (އަޅުކަމުގެ ވަގުތުތައް) ބާއްވަންޖެހެއެވެ. ސަބަބަކީ، ﷲ ގަންދީ ބުނަމެވެ. ތިޔަބޭފުޅުންގެ އަމިއްލަ ނަފްސަށްޓަކައިވެސް ﷲ ގެ ތައުފީޤާއި ތާޢީދަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެންކަމުން، ﷲ ގެ ޙަޟްރަތުގައި އަޅުކަމުގައި ކޮޅަށް ހުރުމުގެ ވަގުތުތަކެއް ތިޔަބޭފުޅުން ބައްޓަންކުރަން ޖެހެއެވެ.

ޤުދުސީ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

“يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ”

މާނައީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްތަޖައްލީވެ ވޮޑިގެންބަސްވަޙީ ކުރައްވާނެއެވެ." ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ. އެގޮތުގައި ފަތިސްވަންދެން ދެމިވޮޑިގެންވެއެވެ".

 

- ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން

- މިއަދުނޫސް

 

 

މިއަދު އޮންލައިން