އެންމެ ދޮޅު އަހަރުގެ ދަރިއަކު ކާފަ އުފަލުން ރޮއްވައިލި ޙާދިސާއެއްގެ ވާހަކަ- ހުރިހާ ބެލެނިވެރިންވެސް ސަމާލުކަން ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެންމެ ދޮޅު އަހަރުގެ ދަރިއަކު ކާފަ އުފަލުން ރޮއްވައިލި ޙާދިސާއެއްގެ ވާހަކަ- ހުރިހާ ބެލެނިވެރިންވެސް ސަމާލުކަން ދެއްވާ!

އަޅުކަމާއި ދަރިފުޅު ގާތްކުރުވަންއޮތީ އެންމެ ހަގު ޢުމުރުގައެވެ. އެންމެ ތުއްތުއިރުގައިވެސް އެކަން ކުރެވޭނަމަ ކުދިންގެ ހިތުގައި އަޅުކަމަށް ލޯބިޖެހޭނެއެވެ. އެކުދިންގެ ހިތަކީ ވަރަށް ޠޯހިރު އެއްޗަކަށްވުމުން ވަރަށް ފަސޭހައިން ކަންކަން ނަގައިގަނެވޭނެއެވެ.   

ތިރީގައިވާ ޙަޤީޤީ ޙާދިސާ ވިދާޅުވެލައްވާށެވެ. ކުޑަކުދިންނަށް އެންމެ ތުއްތުއިރުގައިވެސް ހެޔޮ އަމަލުތައް ކުރުމުގައި ނަމޫނާ ދެއްކުމަކީ އެކަމުގެ ނަތީޖާ ވަރަށް ރަނގަޅު ގޮތުގައި ފެނިގެންދާނެ ކަމެއްކަން މިލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ! އަދި ތިބާގެ ދަރިފުޅުގެ ކިބައިން މިފަދަ ކަމެއް ފެނިއްޖެނަމަ ތިބާއަށްވެސް އުފަލުން ރޮވޭނެއެވެ.  

"ކާފަ އޭނާގެ ކާފަ ދަރިފުޅު އެންމެ ތުއްތު އިރުންސުރެ އައީ އަޅުކަން ކުރުމުގައި ނަމޫނާ ދައްކަމުންނެވެ. ގޮވައިގެން ނަމާދުކުރުމާއި ވީވަރަކުން ގާތުގައި ބައިންދައިގެން ކީރިތި ޤުރްއާން ކިޔެވުން ފަދަ ކަންކަން ކުރަމުންނެވެ.  

ދަރިފުޅުގެ އުމުރުން އެންމެ ދޮޅު އަހަރުގައި ކާފަގެ ކިބައިން އެދުނީ އަލަމާރީގެ ވަތްގަނޑު ހުޅުވުމަށެވެ. ވަތްގަނޑު ހުޅުވުމުން ކާފަ ސޫރަތްތައް ކިޔަވަން ގެންގުޅޭ ފޮތް ނަގައި ކާފަގެ އަތަށް ދީފައި އެދުނީ ކިޔެވުމަށެވެ. ކިޔަވަން ފެށުމުން ދަރިފުޅުވެސް ފޮތުގައި އިނިގިލިދަމަމުން އޭނާއަށް ކިޔެވޭ ގޮތަށް ކިޔަވަން އިރުކޮޅަކު އިނެވެ. އެއަށްފަހު ތެދުވެގެން ކުޅެން ދިއައީއެވެ.   

މިކަން ފެނުމުން ކާފައަށް އެތައް އިރަކު އުފަލުން ރޮވުނެވެ. އަދި ދަރިފުޅަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ."  

މިފަދަ ވާހަކަތައް ބަޔާން ކުރުމުން މިއީ "ފެއަރީ ޓޭލްސް" ކަމަށް ބުނާ މީހުން ތިބެއެވެ. އެއީ މިބާވަތުގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް މީހުންގެ އަމަލުތައް އިޞްލާޙްކޮށް ދީނާއި ކައިރިވުމަށް ނަފްރަތުކުރާ މީހުންނެވެ. އެއީ އަބަދުވެސް އުޅޭނެ ބައެކެވެ.  

މިކަމަކީ ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. މިއަދުނޫހުގެ އަހުލުވެރިން ހިއްޞާ ކޮށްދޭ މިފަދަ މައުލޫމާތަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ!

 

މިއަދު އޮންލައިން