ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީ ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީ ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ އައު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު ދިވެހި ސަރުކާރުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރު، އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅުން ފުޅާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާއި، ރާއްޖޭގެ ތަރައްގީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައިވެއެވެ.

މީގެ އިތުރުން، އަބޫދާބީ ފަންޑުން ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި ބަހައްޓަވާ ގާތް ގުޅުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެ ފަންޑަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން