އެފްޑީސީ ފްލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެފްޑީސީ ފްލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ޔުނިޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢު މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޓަވަރުތަކުގެ ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެފްޑީސީއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެކުރިން ވިދާޅުވެފައިވަނީ، އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށްވެސް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން