އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ހއ. އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް، އެ ތަން ހިންގާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.

އެމްޕީއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 'ބިލްޑް އެންޑް އޮޕަރޭޓް' އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށެވެ. އަދި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުފަހަރު އާންމުކޮށް ބަނދަރުކުރާ މައި މަންޒިލަކަށް ވާތީ، އެ ރަށަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާގެ ހިދުމަތް ފުޅާކޮށް، އެއިން އެދެވޭ އިގުތިސާދީ ނަފާއެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މި މަޝްރޫއުގެ އަސާސީ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކަމަށްވާ ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ސަސް އީ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން މެރީނާ ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ވެސް މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

މިއަދު އޮންލައިން