18 އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކަށް އައު ޤަވާއިދެއް: އޮކްޓޫބަރު 1 އިން ފެށިގެން ޢަމަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
18 އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކަށް އައު ޤަވާއިދެއް: އޮކްޓޫބަރު 1 އިން ފެށިގެން ޢަމަލުކުރަނީ

ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މިނިސްޓްރީ އޮފް ޖަސްޓިސް އުވި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދެއް ނެތި 18 އަހަރު ވެފައިވާކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގޮތުގައި، މި ޤަވާއިދު އަމަލީގޮތުން ތަންފީޒުކުރުމަށްޓަކައި ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމާއި، ބޭނުންވާ ވަސީލަތްތަކާއި ޖާގަ އިތުރުކުރުމުގެ އިތުރުން އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ހަމަޖެއްސުން އިންތިހާއަށް މުހިންމެވެ.

މީގެ އިތުރުން، މި އައު ޤަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް 'ރަޖިސްޓްރާ' އިންގެ މަޤާމު ތަޢާރަފްވެގެންދާނެއެވެ. އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޮނިގަނޑުގެ ތެރެއިން އެކަމަށް އެކަށީގެންވާ ހައްލެއް ހޯއްދެވުމަށް މަޝްވަރާކުރައްވާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އެކުލަވާލެވުނު ޤަވާއިދަކީ ސީދާ މެޖިސްޓްރޭޓުންގެ އިސްނެންގެވުމުގެ މަތިން އެކުލަވާލުމަށްފަހު ސުޕްރީމް ކޯޓަށް ހުށަހެޅުނު ޤަވާއިދެކެވެ.

މި އައު ޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު ماهުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.


މިއަދު އޮންލައިން