ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ 95 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ 95 އިންސައްތަ ނިމިއްޖެ

ލ. ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓު މަޝްރޫއުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްދާ އެ މަޝްރޫއުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. އެ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން