އެންމެ ކުޑައިރުވެސް ކެއުމުގެ އަދަބުތައް ސުންނަތުގައިވާ ގޮތަށް ދަރިންނަށް ބުނެދިނުމަކީ އެކަމުގެ ފައިދާ ދަރިންނަށް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އެންމެ ކުޑައިރުވެސް ކެއުމުގެ އަދަބުތައް ސުންނަތުގައިވާ ގޮތަށް ދަރިންނަށް ބުނެދިނުމަކީ އެކަމުގެ ފައިދާ ދަރިންނަށް ކުރާނެ ކަމެއް!

އަހުރެން ކާން އިން މަޖިލީހެކެވެ. 9 އަހަރުގެ ކުއްޖަކަށް ތަށިހުސްނުކުރެވުމުން ބައްޕަގެ ގާތުން އެދުނީ ތަށީގައި ހުރި އެތިކޮޅު ކައިލަ ދިނުމަށެވެ. އިޝްރާފްކުރުމުގެ ފާފައިން ކޮއްކޮ ސަލާމަތްކޮށްދިނުމަށެވެ. އުފަލުން އަހުރެންނަށް ރޮވުނެވެ. ކުއްޖާއަށާއި މައިންބަފައިންނަށް ވަރަށް ހެޔޮދުޢާކުރީމެވެ. އެއީ އެކުއްޖާ ތަރުބިއްޔަތުކޮށްފައިވާލެއް ރަނގަޅުކަން އެނގުމުންނެވެ.  

ކޮންމެ ބެލެނިވެރިއަކަށް ޙަދީޘްފުޅުތައް ދަރިންނަށް ކިޔައިދޭން ނުއެނގިދާނެއެވެ. ނަމަވެސް ޙަދީޘްފުޅުތަކުގައި ހުންނަ ކަންކަން، ޚާއްޞަކޮށް ކެއުމުގެ އަދަބުތައް ފަދަ ކަންކަން މުސްލިމް ބެލެނިވެރިންނަށް އެނގޭނެއެވެ.  

ބައެއް ޢާއިލާތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންވެސް ދެއެވެ. ކެއުމުގެ ކުރިން ކިޔާ ދުޢާ އާއި ކެއުމުގެ ފަހުން ކިޔާ ދުޢާ އާއި ކެއުމުގެ އަދަބުތައް ލިޔެފައި ކާމޭޒުކައިރީގައި ތަތްކޮށްފައިވެސް ހުރެއެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެއްވެސްމެއެވެ.  

ރަސޫލް (ﷺ) ގެ ސުންނަތާއި އެއްގޮތަށް އެންމެ ކުޑައިރުންސުރެ ދަރިންނަށް ކެއުމުގެ އަދަބުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުދިންގެ ކިބައިގައި އެކަމުގެ އާދަތައް ހަރުލާނީ އެއިރުންނެވެ. ފުރަތަމަ އެކަމަށް އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ފަހުން ރަނގަޅުކުރަން އުނދަގޫވާނެއެވެ.  

ކުޑަކުދިން ވީމާ ތަށިހާވާލައި ބޭނުންތަނަކުން ނަގައިގެން ކާން ދޫކޮށްނުލާށެވެ! ތަށީގެ އެންމެ ގާތުން ނަގަން އާދަކޮށްދޭށެވެ. އުލާއި ސަމުސާ ފަދަ އެއްޗަކުން ކައި ހެދި ނަމަވެސް ކަނައަތުގައި އޮންނަ އެއްޗަކުން އަނގައަށް ލުމުގެ އާދަ އަށަގަންނުވާށެވެ!  

ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުއްވުމަކީ ހަމަ އެންމެ ކުޑައިރުންސުރެ ކުރުވަން ޖެހޭނެ ކަމެކެވެ. ނުކިޔާނަމަ ތަށީގެ އެއްފަޅިން އިބިލީސް ކާނެކަން ބުނެދީ އެކަމަށް ދަރިން ހޭލުންތެރި ކުރުވާށެވެ! ކާތަކެތީގައި ބަރަކާތް ލައްވަވާނީވެސް އެއިރުންކަން ވިސްނައިދޭށެވެ!  

މިޙަދީޘްފުޅުން ފިލާވަޅު ލިބިގަންނާށެވެ! މި ޙަދީޘްފުޅުގައި އެވަނީ މި ބަޔާން ކުރި ގޮތަށް ކެއުމުގެ އެއަދަބުތައް ހިފެހެއްޓުމަށެވެ.  

Narrated `Umar bin Abi Salama:

 I was a boy under the care of Prophet (ﷺ) and my hand used to go around the dish while I was eating. So Nabi (ﷺ) said to me, 'O boy! Mention the Name of Allah and eat with your right hand, and eat of the dish what is nearer to you."

Bukhari 5376

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން