ﷲ ތަޢާލާ ތިބާ ދުނިޔޭގައި ލައްވާފައިވާ ވަކި ޚާއްޞަ މަޤްޞަދަށް ސަމާލުކަންނުދޭ މީހަކަށް އުފާވެރިކަމެއް ނުލިބޭނެ!: ޝައިޚް ޢާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 1މ 38ސ
ﷲ ތަޢާލާ ތިބާ ދުނިޔޭގައި ލައްވާފައިވާ ވަކި ޚާއްޞަ މަޤްޞަދަށް ސަމާލުކަންނުދޭ މީހަކަށް އުފާވެރިކަމެއް ނުލިބޭނެ!: ޝައިޚް ޢާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

މި ދުނިޔަވީ ޙަޔާތުގައި ތިބާ ލައްވާފައި ވަނީ ޚާއްޞަ މަޤްޞަދަކަށްޓަކައެވެ. އެއީ އިމްތިޙާނު ކުރެއްވުމަށެވެ. ތިބާ އަޅުކަން ކުރާނީ ﷲ އަށާއި އެކަލާނގެ އެންގެވި ގޮތަށް ހެއްޔެވެ؟ ނުވަތަ ތިބާގެ އަމިއްލަ އެދުންތަކާއި ނަފްސުގެ ގޮވާލުންތަކަށް ހެއްޔެވެ؟ ވިސްނާށެވެ! ތިބާ ތިއުޅެނީ އިމްތިޙާނެއްގެ ތެރޭގައެވެ. އެއްވެސް މީހަކު ތިބާއާމެދު އަޅައެއް ނުލާނެއެވެ.

ދުނިޔަވީ ކަންކަމަށް ހެއްލި ކަންނެތްނުވާށެވެ! އެއްވެސް މީހަކު ތިބާއާމެދު ކަންބޮޑެއް ނުވާނެއެވެ. ތިބާ މިސްކިތަށް ގޮސް ނަމާދުކުރިޔަސް، އެކަމުން ﷲ އަށް ލިބިވޮޑިގަންނާނެ ވަކި ފައިދާއެއް ނެތެވެ. އެއީ ހުސް ތިބާގެ އަމިއްލަ ފައިދާއަށް ކުރާ ކަމެކެވެ. ތިބާ މިސްކިތަށް ނުދިޔަނަމަވެސް، ނަމާދު ނުކުރިޔަސްވެސް، އެކަމާ އަޅައިލާނީ ކާކުހެއްޔެވެ؟ އެހެން އެންމެން ރޭގަނޑު 10 ޖަހާއިރު ނިދަން އޮށޯންނާނެއެވެ. އަދި ޖެހިގެން އަންނަ ހެނދުނު ހޭލައިގެން އުޅޭއިރު ތިބާގެ މަތިން ހަނދާނެއްވެސް ނުހުންނާނެއެވެ. ފާފައެއް ކުރިޔަސް އެކަމުގެ އުގޫބާތް އުފުލަންޖެހޭނީ ހުދު ތިބާއެވެ. 

އެހެންކަމުން، ތިބާ އުފާވެރިކަން ބޭނުންނަމަ، އެކަން ހޯދުމަށް ޤުރްއާނާއި ސުންނަތަށް ރުޖޫޢަވާށެވެ. އަދި ﷲ ގެ ނިކަމެތި އަޅަކަށްވާށެވެ. ﷲ ގަންދީ ބުނަމެވެ. އެނޫން އެހެން އެއްވެސް ތަނަކުން ތިބާއަށް އުފާވެރިކަމެއް ހޯދަން އުޅުނަސް، އެކަމެއް ދުވަހަކުވެސް ނުފެންނާނެއެވެ. 

ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ‎﴿٥٦﴾‏

މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (56)"

މިއަދު އޮންލައިން