ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތާރިޤު އިބްރާހީމާއި، ޔޫއޭއީގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ އަބްދުﷲ ބިން ތޫޤް އަލް މައްރީއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސަފީރު ތާރިޤު އިބްރާހީމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ މަންފާ ހިމެނޭ ކަންކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އައު ދޮރުތައް ހުޅުވައިލުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން