ކައިވެނި އުފަލުގަ ދަމަހައްޓަން ބޭނުންވާނަމަ އަނބިން ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

ކިޔުމަށް ހޭދަވާނީ 2މ 2ސ
ކައިވެނި އުފަލުގަ ދަމަހައްޓަން ބޭނުންވާނަމަ އަނބިން ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

ސިއުޒާ

 

ވަރަށް ގިނަ އަނބިންނަށް ހީވެފައި އޮންނަނީ މީރުކޮށް ކައްކާނަމަ، ރީތިކޮށް ހެދުން އަޅާނަމަ، ނުވަތަ ގޭގެ ކަންކަން ގިނައިން ކުރާނަމަ ފިރިމީހާ އިތުރަށް ލޯބިވާނެކަމަށެވެ. މިކަންކަންވެސް ބަލައިގަންނާނެއެވެ. އެހެނަސް ގިނަ ފިރިން ބަލައިގަންނަ ސިއްރަކީ އެއީއެއް ނޫނެވެ.  

ގިނަ ފިރިން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އިޙްތިރާމް ލިބުމާއި އިމޯޝަނަލީ ރައްކާތެރިކަން އޭނާގެ އަމިއްލަ ގެއިން ލިބުމެވެ. އޭގެ މާނައަކީ އެމީހުން ކަމެއް ރަނގަޅުކުރަން ނުޖެހުމެއް ނޫނެވެ. އެހެނަސް ތިމާ އޭނާ ކަންކަން ރަނގަޅު ކުރާ ގޮތެކެވެ.  

ފިރިއަކު ގެއަށް އައިސް ވަންނަތަނުން އެއްޗެހި ގޮވުމާއި ބޭޒާރު ކުރުންފަދަ ކަންކަމާ ކުރިމަތި ވާނަމަ، ގެއަށް އައުން މަދުވާން ފަށާނެއެވެ. އެއީ އޭނަ އަޅާ ނުލާތީއެއް ނޫނެވެ. އެހެނަސް އެ ގެއިން އޭނަ ބަލައިގަންނަ ކަމުގެ އިޙްސާސް އޭނާއަށް ނުކުރެވޭތީއެވެ. ކަމެއް ބަލައިގަތުމަކީ ކުށް ހަނދާން ނައްތާލުމެއް ނޫނެވެ. އެކަމުން އަނެއް މީހާއަށް ހަނދާން ކޮށްދެނީ އެ ކުށަށް އަދަބު ދިނުމާއި އެކުވެސް،  އޭނާ އަދިވެސް ބަލައިގަންނަ ކަމެވެ.  

އިޙްތިރާމް ކުރުމަކީ ތިބާގެ ފިރިމީހާ ކުރާ ހުރިހާ ކަމަކަށް އެއްބަސް ވުމެއް ނޫނެވެ. އެއީ ތިބާގެ ފިރިމީހާގެ އުޅުމާއި މެދު މަޝްވަރާކުރުމާއިއެކު އޭނާގެ ޤަދަރު ވައްޓާނުލުމަށް އިޚްތިޔާރު ކުރުމެވެ. ތިބާއަށް ދެކޮޅުވެސް ހެދޭނެއެވެ. އަދި އަމިއްލަ އިޙްސާސްތައް ބުނެވެސް ދެވޭނެއެވެ. އަދި އެކަކު އަނެކަކު ބޭޒާރުކޮށް އެއްޗެހި ގޮވައި ނުހަދައި ވަކި އިމެއްގައި ހުންނަންވާނެއެވެ.  

އަނބިންނޭވެ! ތިބާގެ އަމިއްލަ ނަފްސު ހަނދާން ނައްތާ ނުލާށެވެ. ތިބާގެ ޢިލްމާއި، އަމިއްލަވަންތަކަމާއި، އަދި ތިބާގެ ކޮންފިޑެންސްގައި އެއްދުވަހުން އަނެއް ދުވަހަށް ކުރި އަރައި ދާށެވެ. އިމޯޝަނަލީ ދުޅަހެޔޮ އަންހެނަކު އޭނާގެ އަމިއްލަ ގެއަށް ހަމަޖެހުން ގެނެސްދޭނެއެވެ. އޭގެ ސަބަބުން އެންމެންނަށް ފައިދާ ކުރާނެއެވެ.

އެހެނަސް ހަނދާން ކުރަންވީ، ކައިވެންޏަކީ ފަހަރެއްގައިވެސް އެންމެ މީހެއްގެ ޒިންމާއެއް ނޫނެވެ. އަންބެއްގެ ހައިސިއްޔަތުން އޭނާ، އޭނާގެ ފިރިމީހާއަށް އިޙްތިރާމް ކުރަންވާނެއެވެ. އަދި ފިރިމީހާވެސް އޭނާގެ އަނބިމީހާއަށް އޭނާ ދެކެ ލޯބިވާކަން އިޙްސާސް ކޮށްދޭން ޖެހޭނެއެވެ. އަދި އޭނާގެ އަޑު އަހައި އިމޯޝަނަލީ ރައްކާތެރިކަން ދޭންވާނެއެވެ. ދެމީހުން އެކަކު އަނެކަކަށް ދަސްވުމުން ލޯބި އެއީ ބުރައަކަށް ނުވާނެއެވެ. އަދި އެހިސާބުން ތިބާގެ ގެއިން އަމިއްލަ ވަންތަކަން އިޙްސާސް ކުރެވޭނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

 

މިއަދު އޮންލައިން