ފާފަވެރިވަނީ މައިންބަފައިންނަށް ނުބައިކަމެއް ކުރުމަކުން އެކަންޏެއް ނޫން! ހިތުގަޖެހޭނެ ބަސްބުނުމާ ޒުވާބުކުރުމަކީވެސް ފާފަވެރިވާނެ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފާފަވެރިވަނީ މައިންބަފައިންނަށް ނުބައިކަމެއް ކުރުމަކުން އެކަންޏެއް ނޫން! ހިތުގަޖެހޭނެ ބަސްބުނުމާ ޒުވާބުކުރުމަކީވެސް ފާފަވެރިވާނެ ކަންކަން!

ބައެއް ދަރިންނަށް ވިސްނެނީ ބޮޑުވެ އަމިއްލަފައިމައްޗަށް ތެދުވެވުމުން މައިންބަފައިންނާއި ދިމާއަށް ކޮންމެ އެއްޗެއްވެސް ބުނެވިދާނެކަމަށެވެ. އެކަން އޮތީ އެގޮތަކަށް ނޫނެވެ. ދެކޮޅުވެރި ގޮތުގައި "އުފް" ވަރުގެ ބަހެއްވެސް ނުބުނަން އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. 

އެއް ދުވަހަކު އެންމެ ބޮޑެތި ފާފަތައް ބަޔާންކޮށްދެއްވަވަމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވެވީ (ﷲ ތަޢާލާއަށް ޝަރީކުރުމުގެ ފާފައަށްފަހު) މައިންބަފައިންނަށް ނުބައިބަސްތައް ބުނެ ޖަދަލުކޮށް ޒުވާބުކުރުމެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި މައިންބަފައިންގެ ބަސް ޤަބޫލުކޮށް ކިޔަމަންތެރިވުމެއް ނެތެވެ. އެހެނަސް އެޙާލަތުގައިވެސް އެމީހުންނަށް ނުބައިބަސްތައް ބުނެ ޖަދަލުނުކުރާށެވެ! އޯގާތެރިކަމާއިއެކު ބަސްބުނެ ދެކޮޅުހަދާކަން ހާމަކުރާށެވެ.

ކަންކަން އޮތީ މިފަދައިން ނަމަވެސް ކިރިޔާ ކަމެއްވާއިރަށް މައިންބަފައިންނަށް ނުބައިބަސްތައް ބުނެ ޖަދަލުކުރުން މިއޮންނަނީ ޢާންމު ކަމަށްވެފައެވެ. ދެކޮޅުވެރިވެ ޒުވާބުކުރުން މިއޮންނަނީވެސް ޢާންމު ކަމަކަށްވެފައެވެ. މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ.  

އެއިރުން އެމީހަކަށް އެޢަމަލުކުރެވެނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ދެކޮޅަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކާއިވެސް ދެކޮޅަށެވެ. އަދި އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.  

ހުރިހާ މައިންބަފައިން އެއްގޮތެއް ނުވާނެއެވެ. ވަރަށް ރަނގަޅު މައިންބަފައިން ވަރަށް ގިނަ ނަމަވެސް ގޯސް، ވަރަށް ގޯސް މައިންބަފައިންވެސް ތިބޭނެއެވެ. އެކަން އެގޮތަށް ކުރިމަތިކުރައްވަވަނީ އިމްތިޙާންކުރެއްވެވުމަށްޓަކައެވެ. އަހުރެމެންނަށް އޮތީ ފާސްވެ ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން