އަހުރެމެންގެ ޙާލަކީ ކޮބާ؟: ރަސޫލް ޞޢޥ އަށް ލޯބިވުމާއިމެދު އެންމެފަހު ޞަޙާބީގެ ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަހުރެމެންގެ ޙާލަކީ ކޮބާ؟: ރަސޫލް ޞޢޥ އަށް ލޯބިވުމާއިމެދު އެންމެފަހު ޞަޙާބީގެ ބަސްފުޅު-

ރަސޫލް (ﷺ)ގެ ޞަހާބީންގެ ތެރެއިން އެންމެ ފަހުން ދުނިޔެ ދޫކުރެއްވެވި ޞަޙާބީއަކީ އަބޫ ޠުފައިލް ޢާމިރު އިބްން ވާޘިލަ އަލްކިނާނީ (أبوالطفيل عامر بن واثلة الكناني) (ރަޙީމަހުއްﷲ)  އެވެ.  

އެކަލޭގެފާނަކީ މައްކާގެ އަލްކިނާނީ ދަރިކޮޅަށް ނިޞްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ރަސޫލް (ﷺ)ގެ އަރިއަހުގައި 8 އަހަރު ހޭދަކުރެއްވެވުމުގެ ނަޞީބު ލިބިވަޑައިގެންނެވި ބޭކަލެކެވެ  

އަވަހާރަވި އަހަޜާއިމެދު ތާރީޚު ބަޔާން ކުރެއްވި ޢިލްމުވެރިންގެ މެދުގައި ޚިލާފްތަކެއް އެބަހުއްޓެވެ. 100، 197، ނުވަތަ 110 ކަމަށް ވެސް ލިޔެވިފައި އެބަހުއްޓެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅުއިރު އިސްލާމްވެވަޑައިގެންނެވި ޞަހާބީއެކެވެ.  

އެކަލޭގެފާނުގެ ހިތްޕުޅުގައި ރަސޫލް (ﷺ) ގެ މައްޗަށް އޮތް ލޯބި ސިފަކުރައްވާފައިވަނީ މޫސާގެފާނުގެފާނުގެ މަންމާފުޅުގެ ހިތްޕުޅުގައި މޫސާގެފާނަށް އޮތް ލޯބި ފަދައިން ނުވަތަ އެއަށް ވުރެވެސް ބޮޑުކަމަށް ކަމަށާއި ނުވަތަ އިންސާނަކަށް އިންސާނަކު ދެކެ ލޯބި ވެވޭނެ އެންމެ ބޮޑުކޮށް ކަމަށް ބައެއް ލިޔުންތަކުގައިވެއެވެ. 

އަވަހާރަވަމުން ވިދާޅުވެފައިވެއެވެ. "ތިމަން ކަލޭގެފާނަށްދަހު ރަސޫލް (ﷺ) އާއި ބައްދަލުވި އެއްވެސް މީހަކު ދުނިޔެއަކު ނުހުންނާނެއެވެ."  

މިއީ ހިޖުރައިން 1441 ވަނަ އަހަރެވެ. އެނގިގެން މިދިއައީ އެންމެފަހުގެ ޞަޙާބީ ދުނިޔެ ދޫކުރެއްވެވިތާ 1300 އަހަރަށްވުރެ ގިނަވެއްޖެކަމެވެ.  

މިލިޔުން ލިޔުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ޞަޙާބީންގެ ހިތްޕުޅުގައި ރަސޫލް ﷺ ގެ މައްޗަށް ލޯބި އޮތް މިންވަރު ބަޔާންކުރުމެވެ. އަހަރެމެންގެ ހިތްތަކުގައި އެކަން އޮތް މިންވަރާއިމެދު ވިސްނައިލަން ނަޞޭޙަތްތެރިވުމެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން