ދުނިޔެއާ އާޚިރަތް ލިބިގަތުމަށްޓަކާ ދިރިއުޅުމުގައި ވަގުތުހުސްކުރަންޖެހޭ ބައެއް ކަންކަން-: ޝައިޚް ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 3މ 11ސ
ދުނިޔެއާ އާޚިރަތް ލިބިގަތުމަށްޓަކާ ދިރިއުޅުމުގައި ވަގުތުހުސްކުރަންޖެހޭ ބައެއް ކަންކަން-: ޝައިޚް ބިލާލް އައްސަދް

ޢާއިޝަތު ރަފާޙް ޢަލީ

 

. ރަޙިމުގެ ގުޅުން ދެމެހެއްޓުން: 

ޢާއިލާގެ މީހުންގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ވާހަކަނުދެއްކި ހުރި މީހަކަށް ގުޅާލުމަށް ތިބާގެ ކޮންމެވެސް ވަގުތެއް ހުސްކުރާށެވެ. ފޯނު ކޯލަކުން، މެސެޖަކުން ނުވަތަ ކޮށްލެވޭ ޒިޔާރަތަކުންނަމަވެސް އެ ގުޅުން އާކުރާށެވެ. 

. އެހެން މީހުންނަށް އެހީތެރިވުމާއި މުޖުތަމައަށް ޚިދުމަތްކުރުން: 

އަވައްޓެރީންނަށް ޞަދަޤާތް ދިނުމާއި، އަވަށްޓެރިންގެ ހާލު ބެލުމެވެ. ދަންނަވަންތޯ؟ ޢީދު ދުވަހު ބައެއް މީހުން (ލުބުނާނުގެ ޢަރަބި ސަގާފަތުގައިވާ ގޮތަށް) އެމީހުންގެ އަވަށްޓެރިންގެ ގާތަށް 'މާމޫލް' (ފޮނިކާ އެއްޗެއް) ހިފައިގެން ދެއެވެ. އޭގެ ތެރެއިން ބައެއް އަވަށްޓެރިންނަކީ ކުރިން މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަދައްކަމުން އައި މީހުންނެވެ. ނަމަވެސް މި ކުޑަކުޑަ ޢަމަލުގެ ސަބަބުން އެމީހުންގެ މެދުގައި ބޮޑު ގުޅުމެއް އުފެދިގެންދެއެވެ. އެމީހުން މުސްލިމުންކަމަސް ނުވި ކަމުގައިވިޔަސް، މުސްލިމުންނާ މެދު ދެކޭގޮތް މުޅިން ބަދަލުވެގެންދެއެވެ. ބައެއް މީހުން ލޯބިޖެހި އިސްލާމްވެސްވެއެވެ. 

އެންމެ ބޮޑަށް މުހިންމުވާނީ ތިބާގެ އަމަލުތަކެވެ.:

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 105 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: 

يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ‎﴿١٠٥﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ރައްކާތެރިކޮށް، إصلاح ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، اللَّه ގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. (105)" 

. ޤުރުއާން ކިޔެވުމާއި ޛިކުރުކުރުން: 

އަހަރެން މިކަން ލިސްޓުގެ އެންމެ ފަހަތަށް ލީ ނަމަވެސް، މިއީ ތިބާގެ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި، އެންމެ ކުރީގައި އޮންނަންޖެހޭނެ ކަމެކެވެ. މިއީ މިއަދު ގިނަ ބަޔަކު ހަނދާންނައްތާލާފައިވާ ވަރަށް ބޮޑު ސުންނަތެކެވެ. ހޭލާއިރު ކިޔާނެ ދުޢާއެއްވެއެވެ، ނިދަން އޮށޯންނަމުން ކިޔާނެ ދުޢާއެއްވެއެވެ، ގެއިން ނިކުންނައިރު، ގެއަށް ވަންނައިރު، ހެދުންލާއިރު، ހެދުން ބާލާއިރު، ފާޚާނާއަށް ވަންނައިރު، ކާއިރު، ބޯއިރު، ބިރުގަންނަ ހިނދު، ހަނދު ފެންނައިރު، އިރު އަރާއިރު، އުނގެނެން ދާއިރު، މިހެން ގޮސް ކޮންމެ ކަމަކަށްމެ ރީތި ޛިކުރުތަކާއި ދުޢާތައް ވެއެވެ. އެކަންކަމުގައި ޘާބިތުވެ ތިބޭށެވެ!

 

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން

- މިއަދުނޫސް

 

މިއަދު އޮންލައިން