އިޓަލީގެ ރޯމްގައި ބޭއްވި ކުދި ފަންތީގެ މަސްވެރިކަމުގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
އިޓަލީގެ ރޯމްގައި ބޭއްވި ކުދި ފަންތީގެ މަސްވެރިކަމުގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

އެކުވެރި ދައުލަތްތައް (އ.ދ) ގެ ކާނާއާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) އިން އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިޓަލީގެ ރޯމްގައި ކުރިއަށްދިޔަ މި "އެފްއޭއޯ ސަމިޓް އޮން ސްމޯލް-ސްކޭލް ފިޝަރީޒް" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ގދ. މަޑަވެލި، "ކަމަނަ" ދޯނީގެ ސަމްރަތު ޙަސަން އެވެ.

މީޑިއާ

މި ބައްދަލުވުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރައްޔިތުންނާއި އިޤްތިޞާދު ބިނާވެފައިވަނީ ދުޅަހެޔޮ ކަނޑުތަކުގެ މައްޗަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށާއި، ކުދި ފަންތީގެ މަސްވެރިކަން ކުރާ މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން