އަމީނީ މަގުގެ ސެގްމެންޓް 1ގައި މި ހަފުތާގައި ތާރުއަޅަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އަމީނީ މަގުގެ ސެގްމެންޓް 1ގައި މި ހަފުތާގައި ތާރުއަޅަން ފަށަނީ

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ އެންމެހައި ތައްޔާރީތައް ނިމި، މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަމީނީ މަގުގެ މަސައްކަތްތައް ކުރިއަށްދާއިރު، ސެގްމެންޓް 1 ގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި، އެމްސީ-30 ޕްރައިމް ކޯޓް ޖެހުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

އެމްޓީސީސީން ބުނީ، މި ތައްޔާރީ މަސައްކަތްތައް ފުރިހަމަކުރެވިފައިވާތީ، ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.

މިހާރު މަރާމާތުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހުޅުވި ސަރަޙައްދެކެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅުގައިވެސް އެ ސަރަޙައްދުގެ ބައެއް މަރާމާތުތައް ކޮށްފައިވެއެވެ.

މިއަދު އޮންލައިން