ޤަވާއިދާ ޚިލާފަށް ހިންގާ ކެފޭތަކަށް އަމާޒުކޮށްގެން ޚާއްޞަ ޓާސްކްފޯހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިއްޔެ ކުރިއަށް ގެންދިޔަ މި ރެއިޑް އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 5 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 14 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. އަދި އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ މީހަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.